July 5, 2026
Advertisement
-
- / ޕީޕީއެމް

މުޢިއްޒުގެ އާއިލާއިން ދައުލަތް ލޫޓުވަނީ: ޑރ. ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
Jul 4, 2026, 12:06 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އާއިލާގެ މައްޗަށް ކޮރަޕްޝަނާއި ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ރައީސް މުޢިއްޒުގެ މައްޗަށް ފުލުފުލުގައި ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ކޮރަޕްޝަނާއި ރިޝްވަތުގެ މުއާމަލާތްތައް ކަމަށެވެ. އަދި ރައްޔިތުން މިއަދު ތަހައްމަލު ކުރަމުންދާ ދަތި ހާލަތުގެ އަސްލަކީ، ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އާއިލާއިން ދައުލަތް ލޫޓުވުމުގައި ފެންބޮވައިގެންފައި ތިބުން ކަމަށްވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މޮސްޓާ ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ޖަމީލް ވިދާޅުވީ، މުޅި އާއިލާ އުޅެނީ ހަރާމް މުދަލާއި ފައިސާ ހޯދުމުގައި ކަމަށް ބާރުލިބޭ އެތައް ހެކިތަކެއް އެބަހުރި ކަމަށެވެ.

ޖަމީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒުގެ އަރިސް ބޭފުޅުން ކަމަށްވާ ޝުޖާއުމެން ފަދަ ބޭފުޅުން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ހެކިތައް ފަޅާއަރަމުންދާއިރުވެސް، އެކަންކަމަށް ފިޔަވަޅު ނާޅައި ސަރުކާރުން އަޅާނުލާ އޮތުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. މިއީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އޮތް ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން ދަނީ ސަރުކާރުގެ ހާމަކަން ބޮޑުކަމެއް ނެތް ކަމަށް ބުނެ ފާޑުކިޔުންތައް އިތުރުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved