
ރައީސް ޑރ. މުހައްމަދު މުއިއްޒު ހިިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށްދިނުމަކީ އިންސާނާގެ އުމުރު ގިދުކޮށްދިނުމާ އެއްފަދަ ކަމެއްގެ ގޮތުގައި، މައްޗަންގޯޅީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމު މުހައްމަދު (ޖނާބު) ސިފަކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޖަނާބު ވަނީ ހިޔާ ޓަވަރުގައި އަލަށް ގާއިމުކުރި ލިފްޓުގެ މަސައްތަކަތް ސަރުކާރުން ނިންމާ ހުޅުވުމުން އެއީ ކަމަށް ތައުރީފުކޮށް އޭނާގެ ޅިޔަނު ޑރ މުއިއްޒުއަށް ޚުޝާމަދު ކުރުމުގައި ދީނުން ބޭރުވާވަރުގެ ވާހަކަތަކެއް ދައްކަވާފައެވެ.
އެގޮތުން އެއީ އިންސާނާގެ ހަޔާތަށް ޑރ މުއިއްޒު އިތުރުކޮށޤދެއްވި 2 ދުވަހާ ބައިގެ ގޮތުގައި ސިފަކުރައްވާ ޖަނާބު ވިދާޅުވެފައިވަނީ، ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރި ލިފްޓްތަކުގެ ސަބަބުން އެ ތަނުގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ހަޔާތުން ދެ ދުވަހާ ގާތްކުރާ މިންވަރަށް ވަގުތު ސަލާމަތްވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ، ހިޔާ ޓަވަރުގައި ރައީސްގެ ވިސްނުންފުޅާ އެއްގޮތައް ހަރުކުރެވިގެން ދިޔަ އައު ލިފްޓްކުގެ ސަބަބުން ދިރިއުޅޭ ކޮންމެ ރަށްޔިތަކަށް 2 ދުވަސް ޙަޔާތައް އެ އިތުރުވެގެން ދިޔައީ ކަމަށާ އެއީ ގާތްގަނޑަކަށް 3650 މިނެޓް ގާތްގަނޑަކަށް 61 އެއް ގަޑިއިރު ސަލާމަތްވުން ކަމަށެވެ.
ޖަނާބު މިފަދައިން ވިދާޅުވެފައިވާއިރު، އިންސާނާގެ ހަޔާތަށް ވަގުތު އިތުރކުރުމާ އުނި ކުރުމަކީ އަނެއް އިންސާނަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށާ އެއީއެއްކައުވަންތަ އިލާހަށް އެކަނި ލިބިގެންވާ ބާރެއް ކަމަށް ބުނެ ގިނަ ބަޔަކު ޖަނާބަށް ރައްދު ދެމުން ދެއެވެ. އަދި ދީނި އިލްމުވެރިންގެ ތާކިހާ އަޅުއްވައިގެން ތިއްބަވާ ދީނުން ބޭރުވާ ޒާތުގެ ވާހަކަ ނުދެއްކުމަށް ގޮވާލާފައިވެއެވެ.




