April 17, 2026
Advertisement
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ / ގެޓީ އިމޭޖަސް

ޣައްޒާގެ ރަފާހަށް އެމެރިކާގެ އެހީ ނުލިބުނަސް ވަންނާނަން: ނަތަންޔާހޫ

Azzama
އައްޒާމާ
Mar 24, 2024, 01:05 AM

ޣައްޒާގެ ރަފާހަށް އެމެރިކާގެ އެހީ ނުލިބުނަސް ވަންނާނެ ކަމަށް ހައްދު ފަހަނައަޅާފައިވަ އިޒްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޠާހޫ ބުނެފިއެވެ.

Advertisement

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެންއާ ބައްދަލުކުރުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އެމެރިކާއިން ތާއީދު ކުރިޔަސް ނުކުރިޔަސް ރަފާހުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރާނެ ކަމަށެވެ.

"އަހަރެން ބުނިން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފަސް މަހަށް ވުރެ ގިނަ ދުވަހު އަހަރެމެން އެކުގައި ތިބިކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށް،" ވީޑިއޯ ޚިޠާބުގައި ނަތަންޔާހޫ ބުންޏެވެ. “އަހަރެމެން ބުނިން، ރަފާއަށް ނުވަދެ، އެތަނުގައި ހުރި ބެޓޭލިއަންތަކުގެ ބާކީ ތިބި މީހުން ނައްތާލުމެއް ނެތި، ހަމާސް ބަލިކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް"

"އަހަރެން އުންމީދު ކުރަން އެމެރިކާގެ ތާއީދާއެކު މިކަން ކުރާނެ ކަމަށް، އެކަމަކު ބޭނުން ނަމަ — އަޅުގަނޑުމެން އެކަން ކުރާނީ އެކަނި،" ނަތަންޔާހޫ އިތުރަށް ބުންޏެވެ.

މި ބައްދަލުވުމުގައި ބްލިންކެން ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ އިތުބާރު ދުނިޔޭގެ ފެންވަރުގައި ގެއްލިގެންދާ ކަމަށާއި އެކްސިއޯސް އިން ބުނާ ގޮތުގައި "މާ ލަސްވާންދެން އެކަން ނޭނގިދާނެ" ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އިސްރާއީލަށް ބޭނުންވަނީ ގުޅިފައިވާ ޕްލޭނެއް، ނުވަތަ ޣައްޒާގައި ތާށިވެފައި ތިބޭނެ،" ބްލިންކެން ވިދާޅުވި ކަމަށް އެކްސިއޯސް އިން ބުނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved