March 22, 2026
Advertisement
ރައީސް ޔާމީންއާ ޓީމު ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީންއާ ޓީމު ޕީއެންއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް

ޕީޕީއެމްގެ ދެ މެމްބަރުން މިފަހަރު މަޖިލީހަށް ކުރިމަތިލަނީ ޕީއެންސީގެ ފަރާތުން، މަޖުބޫރުވެގެން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Mar 27, 2024, 01:58 AM
މާލެ ސިޓީ

އޭދަފުށީ ދާއިރާ އަދި މަހިބަދޫ ދާއިރާ މަޖިލީހުގައި ތަމްސީލު ކުރަމުންގެންދާ ޕީޕީއެމް ދެ މެމްބަރުން މިފަހަރު މަޖިލީހަށް ކުރިމަތިލާންޖެހުނީ ޕީއެންސީގެ ފަރާތުން ބަޔަކު މަޖުބޫރުކޮށްގެންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭދަފުށީ ދާއިރާ ތަމްސީލުކުރައްވާ އަހްމަދު ސަލީމް،އަދި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތާރިގް (ޓޮމް) އަކީ މަޖިލިސް ދަފްތަރުގައި ޕީޕީއެމްގެ މެމްބަރުންކަމަށެވެ.

އަދި ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި މި ދެބޭފުޅުންވެސް ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރަން އުޅުމުން އެބޭފުޅުންނަށް ހުއްދަ ނުދެއްވާކަމަށާއި ހުއްދަ ދެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރުމަށްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ޕީޕީއެމްގެ ދެ މެމްބަރުންގެ ގޮތައް ތިބި،މަޖިލީހުގައި ތަމްސީލް ކުރަމުންދަނީ ޕީޕީއެމްގެ ދެ މެމްބަރުން ގޮތައް. އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާ، އަދި މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގް (ޓޮމް) އާ. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވަންޏާ، މި ދެމީހުންވެސް މިފަހަރު ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލަނީ ޕީއެންސީގެ ނަމުގައި، އެމީހުންނަކަށް ހުއްދައެއް ނުލިބުނު ޕީޕީއެމްގެ ނަމުގައި ކުރިމަތިލާކަށް.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން އިތުރަށް ވިދާޅިުވީ އެ ދެ މެމްބަރުން އަދިވެސް ޕީޕީއެމް ދޫނުކޮށްލާ ކަމަށެވެ.

އަދި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބްގައި ޕީއެންސީގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާން ޖެހުނީ އެ ދެ ބޭފުޅުންނަށްވެސް މަޖުބޫރުކޮށްގެން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved