July 15, 2026
Advertisement
ޒަކިއްޔާ އާ ވިފާގުގެ މަރު ތަހުގީގާ އަދި ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކޮބައިތޯ: ރައީސް ޔާމީން
ޒަކިއްޔާ އާ ވިފާގުގެ މަރު ތަހުގީގާ އަދި ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކޮބައިތޯ: ރައީސް ޔާމީން / ތޭރަ އޮންލައިން

ޒަކިއްޔާ އާ ވިފާގުގެ މަރު ތަހުގީގާ އަދި ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ކޮބައިތޯ: ރައީސް ޔާމީން

Jul 12, 2026, 10:14 PM
މާލެ ސިޓީ

ނ.ހޮޅުދޫގައި މަރުވި ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު އާ ގެއެއްގެ ބެލްކަންޏަކުން ވެއްޓި މަރުވި ވިފާގު އިބްރާހިމު އަދުނާނުގެ މަރުގެ ތަހުގީގާ އަދި ހައްވާ ޔުމްނު ފުރާޅެއްގެ މަތިން ވެއްޓުނު ހާދިސާގެ ތަހުގީގު ކޮބައިތޯ އައްސަވާ ޕީއެންއެފް ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް ފުލުހުންގެ އިދާރާއަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީންގެ މިފަދަ ސުވާލެއް އަމާޒުކުރެއްވީ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވަނީ ފުލުހުންގެ އަމަލުތައް މިހާރު ބައްޓަން ކުރަމުން ގެންދާ ގޮތުން އެ މުއައްސަސާއަށް ރައްޔިތުން ކުރަމުން އައި އިތުބާރު އެއްކޮށް ގެއްލި ރައްޔިތުން އިންސާފު ހޯދަން ދާނެ ތަނެއް ނެތް ކަމުގެ އިހުސާސު މިހާރު ރައްޔިތުންނަށް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލެން ޖެހޭ ސަބަބކީ ބޮޑެތި މައްސަލަތުގެ ތަހުގީގު ވާނުވާގައި އޮތުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ޚާއްސަކޮށް ގައުމުގެ ވެރިންނާ ގުޅުން ހުރި މައްސަލަތައް އޮއްބާލާ ތަހުގީގު މަޑު ޖައްސާލުން ފަދަ ކަންކަން ފުލުހުންގެ ފަރާތުން ފެންނަމުންދާ ދިއުމަކީ ހިތި އެހެން ނަމަވެސް މިހާރު ފެންނަމުންދާ ހަގީގަތްކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ، ފުލުހުންގެ ކުރީގެ ކޮމިޝަނަރ އިސްމާލއިލް ނަވީނާ ގުޅުން އޮތް މީހެއްގެ އަނބިމީހާކަމުގައިވާ ނ. ހޮޅުދޫގައި މަރުވި ޒަކިއްޔާގެ މަރުގެ މައްސަލައާ، މަޖިލީހުގެ ކުރީގެ ނައިބު ރައީސްގެ މަސްކަހަތު ހިމެނޭ ވިފާގުގެ މަރުގެ މައްސަލައާ، އަދި މިއަދުގެ ވަޒީރެއްގެ މަގާމުގައި ހުރި ކެޕްޓަން މުހައްމަދު އަމީނުގެ މަސްލަހަތު ހިމެނޭ ޔުމްނުގެ މައްސަލައިގެ ވެސް ތަހުގީގު އޮތީ ހުއްޓިފައިކަން ފާހަގަކުރައްވާ އެފަދަ ކަންކަމަކީ ގައުމުގެ މަސްލަހަތު އެކަމިގައި ހިމެނޭ ބޮޑެތި ކަންކަންކަމަށާ އެހެންކަމުން ފުލުހުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު، އަލުން އިއާދަކޮށް ދަމަހައްޓަން ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވާއިރު، ފުލުހުންނަށް ޣައިރު ގާނޫނީ އަމުރުކޮށް އެ އަމުރު ތަބާވާން މަޖްބޫރު ކުރުވާ އެއް ބޭފުޅަކީ ރައީސް މުއިއްޒު ކަމަށެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved