March 22, 2026
Advertisement
ފާރޫގް ވާހަކަދައްކަވަނީ
ފާރޫގް ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ޝަރީއަތް ހުއްޓުވައިގެން އުޅެނީ ގަސްތުގައި : ފާރޫޤް

Aishath Naja
އައިޝަތު ނަޖާ
Mar 27, 2024, 08:22 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތައް ސަރުކާރުން ހުއްޓުވައިގެން އުޅެނީ ގަސްތުގައި ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެެރިވާ ފާރޫޤް ހަސަން ވިދާޅުވެއްޖެއެވެ.

Advertisement

ފާރޫގް މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 ގެ ޕީއެންއެފްގެ މަސައްކަތުގެ އަދާހަމަ ލައިވް ގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ފާރޫގް ވިދާޅުވީ ރައީސް މުއިއްޒު ކެމްޕެެއިން ކުރައްވަމުން ވިދާޅުވި ވާހަކަތަކަކީ އޭގައި އެއްވެސް އަސްލެއް އެކުނުލެވޭ ވާހަކަތަކެއް ކަމަށެވެ.

ރައީސް ޔާމީން ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަންކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި، އެމަނިކުފާނަށް ވެރިކަން ލިބުމަށްފަހު ވެސް ރައީސް ޔާމިންގެ މައްސަލަ ކުރިޔަށް ނުދާކަމުގައި ވަނީނަމަ އޭގެ މާނަައަކީ ރައީސް އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

މިވާހަކަ އަށް އަލިއަޅުވާލާ ފާރޫގް ވިދާޅުވީ އެހެންކަމުން މިއަދު ބޮޑަށް ބެލެވެނީ ނުފޫޒު ފޯރުވާތީ މައްސަލަ ކުރިޔަށް ނުގެންގޮސް އޮންނަ ކަމަށެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް މިހާރު ފެނިގެން މިދަނީ ވެރިކަން ލިބުނީމާ، ރައްޔިތުންނަށް ވީ ވައުދު މަތިން ހަނދާން ނައްތާލާ، ރައީސް ޔާމީންގެ ޝަރީއަތް ހަމަ ގަސްތުގައި ހުއްޓުވައިގެން އުޅޭ މަންޒަރު

ފާރޫގް ވިދާޅުވިއެވެ

ފާރޫގް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް ވީ ވައުދު މިއަދު ހަނދާން ނެތިއްޖެކަމަށެވެ.

އަދި މިވާހަކަތައް ދައްކަން ޖާގަ ދެއްވީ އެމަނިކުފާނު މާޒީގައި ދައްކާފައި ހުރި ވާހަކަތަކުގެ ސަބަބުން ކަމަށްވެސް ފާރޫގް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved