ޓިއުނީޝިއާގެ މަޝްހޫރު ސިޔާސީ ލީޑަރު ޗޮކްރީ ބެލައިދު 2013 ވަނަ އަހަރު މަރާލި މައްސަލައިގައި ބައިވެރިވި ކަން ސާބިތުވެ ހަތަރު މީހަކަށް މަރުގެ ހުކުމް އިއްވައި ދެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
އޭނާގެ ކާރުގައި ބަޑިޖަހައި މަރާލާފައި އޮއްވާ ފެނުނީ ވެރިރަށް ތޫނިސްގައެވެ. މި ހާދިސާގެ ސަބަބުން އެގައުމުގައި ހަމަނުޖެހުންތައް ހިނގާފައިވެއެވެ.
މަރުގެ ހުކުމްތައް ޓިއުނީޝިއާ އިން ކުރި ނަމަވެސް، 1990 ވަނަ އަހަރުން ފެށިގެން އެއްވެސް މަރުގެ ހުކުމެއް ތާންފީޒު ކޮށްފައެއް ނުވެއެވެ.
ބެލައިދު މަރާލި މައްސަލާގައި ޖުމްލަ 23 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
"އިންސާފު ލިބިއްޖެ،" ބުދަ ދުވަހުގެ ހެނދުނު އިއްވި ހަ ހުކުމަށް ރައްދު ދެއްވަމުން ޕްރޮސެކިއުޓާ އައިމަން ޗްޓިބާ ވިދާޅުވި އެވެ.