ވެއްޓި އަނދާ ހުލިވެފައިވާ ބަސް / ރޮއިޓަރސް
ހަބަރު
ދެކުނު އެފްރިކާގައި ބަހެއް ވެއްޓި 45 މީހުން މަރުވެެއްޖެ
Azzama
އައްޒާމާ
31 މާރިޗު 2024

ދެކުނު އެފްރިކާގައި ބަހެއް ވެއްޓި 45 މީހުން މަރުވެެއްޖެއެވެ.

ދެކުނު އެފްރިކާގެ ލިމްޕޯޕޯ ޕްރޮވިންސްގައި ބުރާސްފަތި ދުވަހު އީސްޓާ ކޮންފަރެންސަކަށް ދިޔަ ބަހެއް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، މިއީ ފަހަކަށް އައިސް މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އެތައް ބަޔަކު މަރުވެފައިވާ ގައުމެއްގައި އެންމެ ފަހުން ހިނގި ހިތާމަވެރި ހާދިސާއެކެވެ.

އެ ބަސް ވެއްޓުނު ހާދިސާގައި 45 މީހުންގެ ފުރާނަ ގެއްލިފައިވާއިރު، ސަލާމަތްވި ހަމައެކަނި މީހަކީ އަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލަށް އެއާލިފްޓްކޮށްފައިވާ ކަމަށް ސައުތު އެފްރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެސްއޭބީސީ) އިން ބުނެ އެވެ.

އެސްއޭބީސީން ބުނާ ގޮތުގައި އެ ފަސިންޖަރުންނަކީ އަވަށްޓެރި ގައުމު ބޮޓްސްވާނާގެ ވެރިރަށް ގަބޮރޯން އިން އީސްޓާ ކޮންފަރެންސަކަށް މޮރިއާ ޓައުންގެ ޒިއޮން ކްރިސްޓިއަން ޗާޗަށް ދަތުރުކުރި މީހުންނެވެ.

މި ބަސް ވެއްޓިފައިވަނީ މޮކޯޕާނޭ އާއި މާކެން އާއި ދެމެދު އޮންނަ މާމަޓްލަކަލާ ފަރުބަދައިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަސް ވެއްޓުނު ގެ ސަބަބުން ބަހުގައި އަލިފާން ރޯވިއެވެ. ބަސް ވެއްޓުނު ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved