ދެ ހަފްތާގެ އޮޕަރޭޝަނަކަށް ފަހު އިސްރާއީލުގެ ސިފައިން ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލް ދޫކޮށް ގޮސްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އިސްރާއީލާއި ޣައްޒާ ހިންގާ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހިނގި ހަނގުރާމަތަކަށް ފަހު އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ވަށައިގެންވާ ސަރަހައްދަށް ގޮސް ވަށައިގެންވާ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ލިބުނު ގެއްލުންތައް ބަލާފަ އެވެ.
ހައްދުފަހަނައެޅި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ހޮސްޕިޓަލުގެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ހަމާސްގެ ސިފައިން މަރާލައި ހައްޔަރުކޮށްފައިވާ ކަމަށާއި، ހަތިޔާރާއި ޖާސޫސީ ލިޔެކިޔުންތައް ވެސް އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް ހަމާސް އާއި މެޑިކަލް ސްޓާފުން މިކަން ދޮގުކޮށް ފަލަސްތީނުގެ ހަނގުރާމަވެރިން ހޮސްޕިޓަލްތަކުގައި ހަތިޔާރު އެޅި އެއްވެސް ތަނެއްގައި ނެތް ކަމަށް ބުނެފައިވެއެވެ.
ޣައްޒާގެ ސިވިލް އިމަޖެންސީ ސާވިސްގެ ތަރުޖަމާނަކު ވިދާޅުވީ އިސްރާއީލުގެ ސިފައިން ފަހަތަށް ބިޑިއަޅުވާފައި ބަޑިޖަހާ މަރާލާފައިވާ ދެމީހެއްގެ ހަށިގަނޑު ފެނުނު ކަމަށާއި، ބުލްޑޯޒަރުން ކޮމްޕްލެކްސްގެ ގޯތި ކޮނެ ވަޅުލާފައިވާ ހަށިގަނޑުތައް ހޯދާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި މަރުވެފައިވާ ފަލަސްތީނުގެ މީހުންގެ ހަށިގަނޑުތައް، ބައެއް މީހުން ބްލެންކެޓްތަކުން ނިވާކޮށްފައި ހުރިއިރު، ހޮސްޕިޓަލް އިމާރާތުގެ އެކި ހިސާބުތަކުގައި އަނދާފައިވާ ހަށިތައް ހުއްޓެވެ.
"މިތަނަށް އައި ފަހުން އަހަރެން ރުއިން ހުއްޓާލާފައެއް ނުވޭ، މިތަނުގެ އިސްތިއުމާރީން ބިރުވެރި ޤަތުލުއާންމުތަކެއް ހިންގި،" އަލް ޝިފާއަށް ދަތުރު ކުރަމުން ދިޔައިރު ޗެޓް އެޕް މެދުވެރިކޮށް ރޮއިޓާސްއާ ވާހަކަ ދައްކަމުން އުމުރުން 43 އަހަރުގެ ސަމީރު ބާސެލް ބުންޏެވެ.
"ތަން ހަލާކުވެ، އިމާރާތްތައް އަނދާ ހުލިވެ، މިތަން އަލުން ބިނާކުރަން ޖެހޭ - މިހާރު ޝިފާ ހޮސްޕިޓަލެއް ނެތް."
ޣައްޒާގެ މީޑިއާ އޮފީހުން ބުނީ އަލް ޝިފާ ސަރަހައްދުގައި އިސްރާއީލުގެ ސިފައިން 400 ފަލަސްތީނުން މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެން ޑޮކްޓަރަކާއި އޭނާގެ ދަރިފުޅު ވެސް ހިމެނޭ ކަމަށެވެ.