އިސްރާއީލުން ހަމަލާދިން ކާރު / އޭޕީ
ދުނިޔެ
ޣައްޒާއަށް އެހީދޭ ބައިނަލްއަގުވާމީ ޖަމާއަތެއްގެ ކޮންވޯއިއަށް ހަމަލާދީ އެންމެން މަރާލައިފި
Azzama
އައްޒާމާ
02 އޭޕްރީލު 2024

ޣައްޒާއަށް އެހީދޭ ބައިނަލްއަގުވާމީ ޖަމާއަތެއްގެ ކޮންވޯއިއަށް ހަމަލާދީ އެންމެން މަރާލައިފިއެވެ.

ވޯލްޑް ސެންޓްރަލް ކިޗަނުން އަންގާރަ ދުވަހު ބުނީ އިސްރާއީލުގެ ހަމަލާއެއްގައި ހަތް މަސައްކަތްތެރިން މަރުވުމުން ވަގުތުން ޣައްޒާގައި ހިންގާ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލުން ހަމަލާ ދިންކަން ކަށަވަރުކޮށްފައެވެ. ނަމަވެސް އެ ހަމަލާ ދިނީ "ގަސްތުގައި ނޫން" ކަމަށާއި އިސްރާއީލުން ތަހުގީގު ކުރާނެ ކަމަށް ބުންޏެވެ.

އެހީގެ ކޮންވޯއީއަށް ދިން ހަމަލާގައި އިނގިރޭސިވިލާތުގެ ތިން ރައްޔިތުންނާއި އެމެރިކާ-ކެނެޑާގެ ޑައުއަލް ނޭޝަނަލް އާއި ފަލަސްތީނުގެ މަސައްކަތްތެރިއަކު އަދި އޮސްޓްރޭލިއާ އާއި ޕޮލެންޑްގެ ރައްޔިތުން މަރުވެފައިވާ ކަމަށް ޣައްޒާގެ ރިލީފް މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ޖަމާއަތުން ބުންޏެވެ.

ވޯލްޑް ސެންޓްރަލް ކިޗަންގެ ސީއީއޯ އެރިން ގޯ ސިފަކުރެއްވި ގޮތުގައި ކޮންވޯއީއަށް ދިން ހަމަލާއަކީ އިސްރާއީލުގެ ދިފާއީ ބާރުތަކުން "އަމާޒުކޮށްގެން ދިން ހަމަލާއެއް" ކަމަށާއި "މާފު ނުކުރެވޭނެ ހަމަލާއެއް" ކަމަށެވެ. ކާބޯތަކެތީގެ އެހީ ނޮންޕްރޮފިޓް ޖަމިއްޔާއިން ވަނީ ޣައްޒާއަށް 1،700 އަށް ވުރެ ގިނަ ޓްރަކްގެ އެހީތެރިކަމުގެ އިތުރުން ސައިޕްރަސް އިން ކަނޑުގެ ޑެލިވަރީ ވެސް ފޮނުވާފަ އެވެ.

އެގޮތުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާ އެކު އެ ކުންފުނީގެ ހަރަކާތްތައް ކޯޑިނޭޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ޓީމު ދަތުރުކުރަމުން ދިޔައީ ވޯލްޑް ސެންޓްރަލް ކިޗަން ލޯގޯ ޖަހާފައިވާ ދެ އާމަރޑް ކާރު ހިމެނޭ އުޅަނދުތަކުގައި "ޑިކޮންފްލިކްޓެޑް ޒޯނެއް"ގަ އެވެ.

"[އިސްރާއީލުގެ ދިފާއީ ބާރުތަކާ] އެކު ހަރަކާތްތައް ކޯޑިނޭޓް ކުރި ނަމަވެސް، ކޮންވޯއީ ޖެހުނީ ޑެއިރް އަލް ބާލާ ގުދަނުން ނުކުންނަނިކޮށް، އެ ޓީމުން ކަނޑުގެ މަގުން ޣައްޒާއަށް ގެނައި އިންސާނީ ކާބޯތަކެތީގެ އެހީގެ 100 ޓަނަށް ވުރެ ގިނަ ޓަނަށް ބާލާފައިވޭ،" ގްރޫޕުން ބުންޏެވެ.

ޣައްޒާ ބަނޑުހައިހޫނުކަމުގެ ތެރޭގައި އޮތް ދަނޑިވަޅެއްގައި އެހީ ފޯރުކޮށްދޭ މަދުވެގެން އިތުރު ދެ ޖަމާއަތަކުން ވަނީ އެމީހުންގެ އޮޕަރޭޝަންތައް މަޑުޖައް

ސާލާފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved