ރަޝިޔާގެ ހަމަލާއެއްގައި ޚާރްކިވްގައި ސަލާމަތީ މަސައްކަތްތެރިން މަރުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަޝިޔާއިން ޚާރްކިވްއަށް ދިން ހަމަލާތަކުގައި ތިން ރެސްކިއު ވޯކަރުން ހިމެނޭ ގޮތަށް ހަތަރު މީހަކު މަރުވެ އިތުރު 12 މީހަކު ޒަހަމްވެފައިވާ ކަމަށް ޔޫކްރޭންގެ އޮފިޝަލުން ބުނެއެވެ.
ޓެލެގްރާމް މެސެޖިން އެޕްގައި ޚާރްކިވްގެ މޭޔަރު އިގޯ ޓެރެކޯވް ކުރި ޕޯސްޓެއްގައި ވިދާޅުވީ އީރާނުން އުފައްދާފައިވާ ޝަހީދު ޑްރޯންތަކުން 14 ބުރީގެ ރެސިޑެންޝަލް އެޕާޓްމަންޓް ބްލޮކެއްގައި ޖެހި އެތައް ބުރިއެއް ހަލާކުވެ، އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.
ޔޫކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ވަކި ސަރަހައްދަކަށް ތަކުރާރުކޮށް ދިން ހަމަލާގައި ފުރަތަމަ ހަމަލާއަށް ފަހު އެތަނަށް ގޮސްފައިވާ ތިން ރެސްކިއު ވޯކަރުން މަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑިފެންސް އިއްތިހާދަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ނޭޓޯގެ ޚާރިޖީ ވަޒީރުން ބްރަސެލްސްއަށް އެއްވަމުންދާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުރާސްފަތި ދުވަހު ވިދާޅުވީ ރަޝިޔާ އާއި ނޭޓޯގެ ގުޅުން "ސީދާ ކުރިމަތިލުމުގެ ފެންވަރަށް ވެއްޓިފައިވާ" ކަމަށެވެ.
ބުރާސްފަތި ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލެގްޒެންޑަރ ގްރޫޝްކޯ ދައުލަތުގެ ނޫސް އެޖެންސީ އާރުއައިއޭއަށް ވިދާޅުވީ މޮސްކޯއާ އެކު ކުރެވޭ މަޝްވަރާތައް ވޮޝިންޓަން އާއި ބްރަސެލްސް އިން "ކްރިޓިކަލް ޒީރޯ" އަށް ތިރިވެފައިވާ ކަމަށެވެ.