March 22, 2026
Advertisement
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން، ޕީއެންއެފް ޖަލްސާގައި / ޝާވިން | ތޭރަ އިމޭޖްސް

ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީގެ ވެރިންނަށް: ފެކްޓުން ވާހަކަ ދައްކަވާ

Mariyam Isaadha
މަރިޔަމް އިސާދާ
Apr 5, 2024, 05:20 PM
މާލެ ސިޓީ

ޕީޕީއެމް/ޕީއެންސީއާ ގުޅިގެން އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް ހެއްކާއެކު ވާހަކަ ދެއްކެވުމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ތެރެއިން އެމަނިކުފާނަށް ރައްދު ދެއްވާ ބޭފުޅުންނަށް ގޮވާލައްވައިފިއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން ނިމި ދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ، ޕީޕީއެމްއަށް ރައީސް މުއިއްޒު ހެވެއް ނޭނދޭނެއޭ ވިދާޅުވުމުން މުޅި ސަރުކާރު ޑިފެންސަށް ފައިބާ ދިން ރައްދަށް ރައްދު ދެއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެމަނިކުފާނު ދައްކަވާ ވާހަކަތަކަކީ ހެއްކާ ގަރީނާއެކު ދައްކަވާ ވާހަކަތަކެއް ކަމަށާ އެހެންކަމުން ސަރުކާރާ އަދި އަދުރޭ ވެސް ދައްކަމުންދާ ވާހަކަތައް ހެއްކާ އެކު ދެއްކެވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން ރިޔާސީ އިންތިހާބު ބޮއިކޮޓުކުރަން އަންގާ ރައީސް ޔާމީން ދެ ޕާޓީއާ މެމްބަރުން މަގުމަތިކޮށްލަން މަސައްކަތްކުރެއްވި ކަމަށް ހަމައެކަނި ބުނެލާ ބުނެލުމަކުން ފުއްދާ ނުލާ ރައީސް ޔާމީން ދެ ޕާޓީ މަގުމަތި ކުރަން މަސައްކަތްކުރިކަން ހެކިން ދެއްކުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމު ކޯޓަށް އޭރު ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވުމުގެ މާކުރިން ޕީއެންސީއިން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ދެއްވި ކަމަށާ ޕީޕީއެމްއިން ކެންޑިޑޭޓަކު ނުނެރުނީ އެމަނިކުފާނުގެ މައްސަލަ އޭރުން ބަހުސެއް ނެތި ނިންމާލަން ސުޕްރީމު ކޯޓަށް ފުރުސަތު ލިބިގެން ދާނެތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ފެކްޓުން ހުރިހާ ބޭފުޅުންވެސް ވާހަކަ ދައްކަވާ. އަޅުަގޑޫގެ މައްސަލަ ނުނިމެނީސް އަޅުގަޑު، މި އިންނެވި އަޅުގަޑުގެ ވަކީލު ޑރ. ޖަމީލު މެދުވެރިކޮށް ނޯޓަކުން ލީޑާޝިޕަށް ދެންނަެވިން ޕީޕީއެމުން ބަދަލުވާން ބޭނުން ލީޑަރަކު ހުންނެވި ނަމަ ބަދަލުވެގެން ޕީއެންސީއިން ކެންޑިޑޭޓަކު ނެރެން. އަޅުގަޑަށް ހުކުމް އިއްވި އިރު ޕީއެންސީއިން ކެންޑިޑޭޓަކު ހުރި ދައްކުވާފައި. ދެން ބޮއިކޮޓޫ ކުރާ ވާހަކައާ އެއްޗެހިު މިދައްކަވަނީ ކޮން އޮޅުވާލުމެއް އޮޅުވާލަންތޯ؟ ރައްޔިތުންނަށް އޮޅުވާނުލާ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވި، އޭރުވެސް ލީޑަރޝިޕުގެ އިޚްލާސްތެރިކަމެއް ނެތްކަމަށާ އެގޮތުން އެ ބޭފުޅުންގެ ޕްލޭން އޮތީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން އިންތިޚާބުގައި ވާދަކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިޚްލާސްތެރިކަމެއް އެ ބޭފުޅުންގެ ކިބައިގައި ހުރި ނަމަ އެމަނިކުފާނު މިނިވަންކުރަން ކުރި މުޒާހަރާތައް މަދު އާންމު މެމްބަރުންތަކަކާ ޖާމިނުކޮށް ނިންމާނުލާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved