ސްލޮވާކިއާގެ ރައީސް ކަމަށް ޕީޓާ ޕެލެގްރީނީ އިންތިހާބުވެ، ރޮބަޓް ފީކޯ އިސްކޮށް ހުންނަވައިގެން ވެރިކަން ކުރާ ކޯލިޝަންގެ ބާރު ވަރުގަދަކޮށް، އެގައުމު އިތުރަށް ރަޝިޔާއާ ދިމާއަށް އަނބުރާލައްވައިފި އެވެ.
އާދީއްތަ ދުވަހު ޝާއިއުކުރި ރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި ހޮނިހިރު ދުވަހު ބޭއްވި ދެވަނަ ބުރުގެ އިންތިހާބުގައި ޕެލެގްރީނީ ވަނީ ކުރީގެ ފޮރިން މިނިސްޓަރު އިވާން ކޯޗޮކް ބަލިކޮށް 53 ޕަސެންޓް ވޯޓު ހޯދައިފަ އެވެ.
އޭނާއަށް ލިބުނު ހަނި މޮޅަކީ އީޔޫ އާއި ޔޫކްރޭން ހަނގުރާމައިގެ ތެރެއަށް ސްލޮވާކިއާ ދަމައިގަންނަން ކޯޗޮކް ބޭނުންވާ ކަމަށް ޕެލެގްރީނީ ތުހުމަތު ކުރެއްވައި ހިންގި ކެމްޕޭނުގެ ނަތީޖާއެވެ. ފިކޯގެ ކޯލިޝަނުން ބުނެފައި ވަނީ ކިއެވްއަށް އަސްކަރީ އެހީ އިތުރުކުރުމަށް ހުޅަނގުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ސްލޮވާކިއާގެ އިސްތިގުލާލު ދިފާއު ކުރަމުން އަންނަ ކަމަށެވެ.
ޔޫރޯސްސެޕްޓިކް ފީކޯ ވަނީ މޮސްކޯއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ވެސް ދެކޮޅު ހައްދަވާފައި ކަމަށާއި އޭނާގެ ފޮރިން މިނިސްޓަރު ވަނީ މިދިޔަ މަހު ތުރުކީގައި ހުންނަ ރަޝިޔާގެ އެމްބެސެޑަރާ ބައްދަލުކުރައްވާފަ އެވެ.
ޖަރުމަނުގެ ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ އެނަލިސްޓެއް ކަމަށްވާ މިލާން ނިޗް ވިދާޅުވީ ޕެލެގްރީނީ ކާމިޔާބު ހޯއްދެވީ "ޔޫކްރޭންގެ ހަނގުރާމައިގެ ބިރާއި ހުޅަނގަށް ތާއީދުކުރާ ޝަޚްސިއްޔަތުތަކަށް ރުޅިއައިސްގެން" ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ޕެލެގްރީނީ ހިންގި "އާދަޔާ ހިލާފު އެންޓި ކެމްޕޭނުގައި" އޭނާގެ ވާދަވެރިއަކީ ޔޫކްރޭންގެ ހަނގުރާމައިގެ ތެރެއަށް ސްލޮވާކިއާ ވައްދަން ބޭނުންވާ ހަނގުރާމަވެރި ކެންޑިޑޭޓެއްގެ ގޮތުގައި ޕްރޮމޯޓް ކުރިއެވެ.
ބަލި ގަބޫލުކުރަމުން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ކޮރްޗޮކް ވިދާޅުވީ، "ހަމަވެގެން ދިޔައީ ރައީސް ކަމަށް ވެވޭނީ ހަމައެކަނި ނަފްރަތު ފެތުރުމުން ނޫން ކަމަށާއި އަނެއް ޕާޓީ ހަނގުރާމައިގެ ކެންޑިޑޭޓަކަށް ހަދައިގެން ވެސް މޮޅުވެވޭނެ" ކަމަށެވެ.
ޕެލެގްރީނީ ޖަވާބު ދެއްވަމުން ވައުދުވެވަޑައިގަތީ "ސްލޮވާކިއާ އަކީ ސުލްހައިގެ ފަރާތުގައި ދެމިއޮތުމަށް ހުރިހާ ކަމެއް ކުރާނަން، އަދި އެކަމަށް އެއްވެސް މީހަކު ނުރުހޭނަމަ އަހަންނަށް ފާޑުކިޔަންވީ" ކަމަށެވެ.