ޚާން ޔޫނިސް / ގެޓީ އިމޭޖަސް
ދުނިޔެ
ޣައްޒާގެ ޚާން ޔޫނިސްއިން އިސްރާއީލު ސިފައިން ފައިބައިފި
Azzama
އައްޒާމާ
08 އޭޕްރީލު 2024

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އާދީއްތަ ދުވަހު ބުނީ އައިޑީއެފް ޚާން ޔޫނިސް އިން ނިކުތީ އެ ސަރަހައްދުގައި ހަމާސް އިން ހަރަކާތްތެރިވުން ހުއްޓާލުމުން ކަމަށާއި ކުރިއަށް އޮތް ރަފާ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

އައިޑީއެފްގެ ސަދަން ކޮމާންޑް ބޭސްގައި ވާހަކަ ދައްކަމުން އޭނާ ބުނީ "ޚާން ޔޫނިސް އިން ސިފައިން އަނބުރާ ގެންދިޔައީ ހަމާސް އިން އެތާގައި އަސްކަރީ ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވުން ހުއްޓާލުމުން. ސިފައިން ދިޔައީ ރަފާހުގައި ހިންގަން ހަމަޖެހިފައިވާ އޮޕަރޭޝަނަށް ތައްޔާރުވުމަށް" ކަމަށެވެ.

ޑިފެންސް މިނިސްޓަރު މިހެން ބުނީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މޭޖާ ޖެނެރަލް (ރެސް.) އީޔަލް ޒަމީރާއި ކޮމާންޑަރު މޭޖަރ ޖެނެރަލް ޔާރޮން ފިންކެލްމަން އާއި އެހެނިހެން ސްޓާފް އޮފިސަރުންނާއެކު އައިޑީއެފްގެ ސަދަން ކޮމާންޑުގައި ބޭއްވި ހާލަތު ވަޒަންކުރުމުގެ އެސެސްމަންޓެއްގައެވެ.

އެސެސްމަންޓްގައި ޑިފެންސް މިނިސްޓަރަށް ވަނީ ޚާން ޔޫނިސް އާއި ޝިފާ ހޮސްޕިޓަލް ސަރަހައްދުގައި ހިންގާ އޮޕަރޭޝަނަލް އެކްޓިވިޓީގެ މައިގަނޑު ނުކުތާތަކާއި މަގުސަދުތަކުގެ އިތުރުން ހަމާސްގެ ރަފާ ބްރިގޭޑް އުވާލުމަށް އޮޕަރޭޝަނަލް ތައްޔާރީތައް ހުށަހަޅާފައެވެ.

މީގެ ކުރިން ގަލަންޓް ވަނީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު އޮޕަރޭޝަނަލް ކޯޑިނޭޝަނަށް އުފެއްދި ހަނގުރާމަވެރި ކޮޓަރިއަށް ގޮސްފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved