ރައީސް މުއިއްޒު ޕީޕީއެމް/ޕީއެންސީ ހަލާކުކޮށްފި ކަމަށް ޕީއެންެއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.
އެގޮތުން މަލީހް ވިދާޅުވީ މެމްބަރުން ޕްރައިމަރީގައި ހޮވި ކެންޑިޑޭޓް ރައީސް މުއިއްޒަށް ކަމުނުދިޔަ ކަމަށެވެ.
މަލީހް މިފަދައިން ވިދާޅުވެފައިވަނީ ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ސަނާހު އަށް ރައީސް މުއިއްޒު ކުރެއްވި ތާއިދު އަނބުރާ ގެންގޮސް އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ރިޔާޒަށް ތާއިދު ކުރުމާއި ގުޅިގެންނެވެ.
މަލީހް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ކަންތައް ކުރެއްވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލަފަށް ކަމަށެވެ.
ކަންކަން މިހެން ހުރުމާއި އެކު ރާއްޖޭގެ ރައްޔިތުން ރައީސް މުއިއްޒާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށްވެސް މަލީހް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.
ރައީސް މުއިއްޒާ ދެކޮޅަށް މުޒާހަރާތައް ގަދަ ކުރުމަށް ގޮވާލާ މަލީހް ވަނީ ރައްޔިތުންގެ އަޑު ގަދަ ކުރަން ވެސް ބުނެފައެވެ.
ރައީސް މުއިއްޒަށް އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާކަމަށް ބުނެ ގިނަ ފަރާތްތަކުގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.