ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގެ ކުރީގެ ސްޓޮކް އެކްސްޗޭންޖްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އަލިފާނުގެ ހާދިސާއިން ކުރެހުންތަކާއި ތާރީހީ ތަކެތި ސަލާމަތް ކުރުމަށް މުވައްޒަފުންނާއި އާންމުން މަސައްކަތް ކުރަނިކޮށް އެތަނުގެ ބޮޑުބައެއް ވެއްޓިއްޖެ އެވެ.
"އަހަރެންނާއި އަހަރެންގެ އެކުވެރިން ދެރަވެފައި ތިބިވަރު ކިޔާދޭކަށް ނޭނގޭ" 17 ވަނަ ގަރުނުގެ އިމާރާތުގެ ވެރިފަރާތާއި އޮފީސްތައް ހުންނަ ޑެންމާކުގެ ޗެމްބަރ އޮފް ކޮމާސްގެ ސީއީއޯ ބްރައިއަން މިކެލްސަން ބުންޏެވެ. "އެއީ ވަރަށް ބޮޑު ކާރިސާއެއް، ސަބަބަކީ 400 އަހަރުގެ ސަގާފީ ތާރީހުގައި އަލިފާން ރޯވުން"
މަގުމަތިން ދިޔަ ބައެއް މީހުން ވަނީ އަނދަމުންދާ އިމާރާތަށް ދުވެފައި ގޮސް ރެނެސަންސް ޒަމާނުގެ ބޮޑެތި ކުރެހުންތަކާއި އެހެނިހެން ތަކެތި އަލިފާންގަނޑުން ދުރަށް ގެންދިއުމަށް އެހީތެރިވެދީފައެވެ. ސަލާމަތް ކުރެވުނު ކުރެހުންތަކުގެ ތެރޭގައި ޑެންމާކުގެ ފަންނާނު ޕެޑަރ ސެވަރިން ކްރޮޔަރ 1895 ވަނަ އަހަރު ލިޔުއްވި "ފްރޮމް ދަ ކޯޕަންހޭގަން ސްޓޮކް އެކްސްޗޭންޖް" ގެ މަސައްކަތް ހިމެނޭ ކަމަށް ޗެމްބަރ އޮފް ކޮމާސް އިން ބުނެއެވެ.
ޑެންމާކުގެ ބޮޑުވަޒީރު ނައިބު ޓްރޮއެލްސް ލަންޑް ޕައުލްސަން ވަނީ މީގެ ފަސް އަހަރު ކުރިން ޕެރިހުގެ ކެތެޑްރަލްގެ ފުރާޅާއި ސްޕައިއާ ހަލާކުވި އަލިފާނުގެ ހާދިސާއަށް އިޝާރާތް ކުރައްވައި "އަހަރެމެންގެ އަމިއްލަ ނޮޓްރެޑޭމް މޮމެންޓް" ކަމަށް ވިދާޅުވެފަ އެވެ.
ކޮޕަންހޭގަންގެ ފަޔާ ޑިޕާޓްމަންޓުގެ ވެރިއަކު ސީއެންއެން އަށް ވިދާޅުވި ގޮތުގައި ލޯކަލް ގަޑިން ހެނދުނު 8.30 ހާއިރު (އީޓީ ގަޑިން ހެނދުނު 2.30 ހާއިރު) އަލިފާން ރޯވެ، ހެނދުނު 11 ޖަހާއިރު އިމާރާތުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަނީ ހަލާކުވެފަ އެވެ. މެންދުރު ފަހުގެ ވަގުތެއްގައިވެސް އަލިފާންގަނޑު އަނދަމުން ދިޔައެވެ.