ދުބާއީގައި އަންގާރަ ދުވަހު ވަރަށް ބޮޑަށް ފެންބޮޑުވެފައިވަނީ އެންމެ 24 ގަޑިއިރުގެ ތެރޭގައި ދެ އަހަރު ދުވަހުގެ ވާރޭ ވެހި ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް ސިޓީގައި ރޭ 10 ޖެހިއިރު ބައި ފޫޓަށް ވުރެ ގިނަ -- 6.26 އިންޗި -- ވާރޭ ވެހިފައިވާ ކަމަށް ދުބާއީގެ މޫސުމާ ބެހޭ އޮފީހުން ބުނެ އެވެ.
ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ބުނާ ގޮތުގައި ދުބާއީއަށް އެވްރެޖްކޮށް އަހަރަކު 3.12 އިންޗި ވާރޭ ވެހެއެވެ. މާނައަކީ ދެ އަހަރުގެ ވާރޭ ވެހިފައިވަނީ 24 ގަޑިއިރުގެ ތެރޭގަ އެވެ.
ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ނެރުނު އެލާޓެއްގައި ބުނެފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު އިންބައުންޑް ފްލައިޓްތައް ވަގުތީ ގޮތުން ޑައިވަރޓްކޮށްފައި ވަނީ މޫސުން ގޯސްވުމުން ކަމަށެވެ.
ދުބާއީގެ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި އަމިއްލަ ސްކޫލްތަކަށް އަންގާރަ ދުވަހު ވަނީ މޫސުމުގެ ހާލަތު ހުރި ގޮތުން ރިމޯޓްކޮށް މަސައްކަތް ކުރުމަށް އަންގާފައެވެ.
އެ ސިޓީއަށް އަހަރަކު ގާތްގަނޑަކަށް ހުރިހާ ވާރޭއެއް (%92 އަށް ވުރެ މައްޗަށް) ވެހެނީ ނޮވެމްބަރު މަހާއި މާޗް މަހާއި ދެމެދު އެވެ. އެވްރެޖްކޮށް ދުބާއީއަށް އޭޕްރީލް މަހުގެ ތެރޭގައި ވާރޭވެހެނީ އެންމެ 0.13 އިންޗި އެވެ.