އެމެރިކާއިން ސިއްރުން ފޯރުކޮށްދިން ދިގު ރާސްތާގެ ބެލިސްޓިކް މިސައިލްތައް ޔޫކްރޭނުން ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ބޭނުންކުރަން ފަށާފައިވާކަން އެމެރިކާގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަތިޔާރުތަކަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މާޗް މަހު ފާސްކުރި 300 މިލިއަން ޑޮލަރު (240 މިލިއަން ޕައުންޑް) ގެ އެހީ ޕެކޭޖެއްގެ ބައެއް ކަމަށާއި އެ ހަތިޔާރުތައް ޔޫކްރޭނަށޑ އައިސްފައިވަނީ މި މަހުގައެވެ.
މީގެ ކުރިންވެސް ހިފާފައިވާ ކްރައިމިއާގައި ރަޝިޔާގެ އަމާޒުތަކަށް ހަމަލާދިނުމަށް މަދުވެގެން އެއްފަހަރު ބޭނުންކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ބައިޑަން މިހާރު ވަނީ ޔޫކްރޭނަށް 61 ބިލިއަން ޑޮލަރުގެ އާ އެހީ ޕެކޭޖެއްގައި ސޮއިކޮށްފައެވެ.
އެމެރިކާއިން ކުރިން ޔޫކްރޭނަށް އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް (އޭޓީސީއެމްއެސް) ގެ މިޑް ރޭންޖް ވާޝަނެއް ފޯރުކޮށްދިން ނަމަވެސް، މިއަށްވުރެ ބާރުގަދަ އެއްޗެއް ފޮނުވަން ފަސްޖެހުނީ ބައެއް ގޮތްގޮތުން އެމެރިކާގެ އަސްކަރީ ތައްޔާރީއަށް ބުރޫއަރާފާނެތީއެވެ.
ނަމަވެސް ބައިޑަން ސިއްރުން ފެހި ސިގްނަލް ދީފައި ވަނީ ފެބްރުއަރީ މަހު ދުރުރާސްތާ ނިޒާމު - 300 ކިލޯމީޓަރު (186 މޭލު) އާއި ހަމައަށް މިސައިލް ފޮނުވާލެވޭ - ފޮނުވުމަށް ކަމަށް ބުނެވެ އެވެ.
"އަޅުގަނޑަށް ކަށަވަރު ކުރެވޭ ގޮތުގައި އެމެރިކާއިން ޔޫކްރޭނަށް ލޯންގް ރޭންޖް އޭޓީއޭސީއެމްއެސް ފޯރުކޮށްދިނީ ރައީސްގެ ސީދާ އިރުޝާދުގެ މަތިން،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވެޑަންޓް ޕަޓޭލް ވިދާޅުވި އެވެ.
އެމެރިކާއިން "އެމީހުންގެ އެދުމުގެ މަތިން ޔޫކްރޭންގެ އޮޕަރޭޝަނަލް ސެކިއުރިޓީ ދެމެހެއްޓުމަށްޓަކައި މިކަން ފެށުނީއްސުރެ އިއުލާންކޮށްފައި ނުވާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެތެރެއިން ހަތިޔާރުގެ ތެރެއިން ކިތައް ހަތިޔާރު މިހާރު ފޮނުވާފައިވާކަން ސާފު ނުވި ނަމަވެސް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވީ ވޮޝިންޓަނުން އިތުރަށް މި ހަތިޔާރު ފޮނުވަން ރާވާފައިވާ ކަމަށެވެ.
އެމެރިކާގެ ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނޫސް އެޖެންސީން ބުނެފައިވަނީ މިދިޔަ ހަފްތާގައި ފުރަތަމަ ފަހަރަށް މިސައިލްތައް ބޭނުންކޮށްފައިވަނީ ހިފާފައިވާ ކްރައިމިއާގެ ރަޝިޔާގެ އެއާފީލްޑަކަށް ހަމަލާދިނުމަށެވެ.
އަދި އާ މިސައިލްތައް ބޭނުންކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ހިފާފައިވާ ބަނދަރު ސިޓީ ބެރްޑިއަންސްކްގައި ރަޝިޔާ ސިފައިންނަށް ދިން ހަމަލާއެއްގައި ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެއެވެ.