March 11, 2026
Advertisement
ޕެރިހުގެ ޔުނިވާސިޓީ
ޕެރިހުގެ ޔުނިވާސިޓީ / ރޮއިޓަރސް

ޕެރިހުގެ ޔުނިވާސިޓީއެއްގައި ވެސް ފަލަސްތީނުގެ ދިފާއުގައި އިހުތިޖާޖުކޮށްފި

Azzama
އައްޒާމާ
Apr 27, 2024, 07:49 PM

މިހާރު އެމެރިކާގެ ޔުނިވާސިޓީ ކެމްޕަސްތަކުގައި ހިނގަމުންދާ ޣައްޒާގެ އެއްބައިވަންތަކަމުގެ ކޭމްޕްތަކުން ހިތްވަރު ލިބިގެން ފަރަންސޭސިވިލާތުގެ ޕެރިހުގެ ދަރިވަރުން ހުކުރު ދުވަހު ފްރާންސްގެ މަޝްހޫރު ޔުނިވާސިޓީއެއްގެ ކެމްޕަސް އިމާރާތަކަށް ވަނުން ވަނީ ހުއްޓުވާފައެވެ. އެ ތަނުގެ އެޑްމިނިސްޓްރޭޓަރުން ވަނީ ހުރިހާ ކްލާސްތަކެއް އޮންލައިންކޮށް ބަދަލުކޮށްފަ އެވެ.

Advertisement

ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާ ފެށުނީ ސައިންސަސް ޕޯގެ ނަމުން މަޝްހޫރު ޕެރިސް އިންސްޓިޓިއުޓް އޮފް ޕޮލިޓިކަލް ސްޓަޑީޒްގައެވެ. އެ އިންސްޓިޓިއުޓްގެ މަޝްހޫރު އެތައް ކުރީގެ ދަރިވަރުންގެ ތެރޭގައި ރައީސް އިމަނުއެލް މެކްރޮން އާއި ބޮޑުވަޒީރު ގެބްރިއަލް އަޓަލް ހިމެނޭ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ފުރަތަމަ ވަނީ ސެންޓްރަލް ކެމްޕަހުގެ އިމާރާތެއް ހިފާ، އެ އިމާރާތުގެ ވަދެވޭ ދޮރު ކުނިވަށިތަކާއި ލަކުޑި ޕްލެޓްފޯމްތަކާއި ސައިކަލަކުން ބަންދުކޮށްފަ އެވެ. އަދި އެ އިމާރާތުގެ ކުޑަދޮރުތަކަށް އެއްވެ ފަލަސްތީނަށް ތާއީދުކުރާ ޝިއާރުތައް ގޮވައި، ފަލަސްތީނުގެ ދިދަތަކާއި ޕްލެކާޑްތައް ވެސް ތަޅުވާފައިވެ އެވެ.

ހުކުރު ދުވަހުގެ ފަހުކޮޅު ފަލަސްތީނަށް ތާއީދުކުރާ އަދި އިސްރާއީލަށް ތާއީދުކުރާ މުޒާހަރާވެރިން ވަނީ ސްކޫލުގެ ބޭރުގައި ހުރި މަގުމަތީގައި ކުރިމަތިލާފައެވެ. އިދިކޮޅު ގްރޫޕްތައް ވަކިކުރުމަށް ރަޔަޓް ފުލުހުން ވަދެގަތެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކުގެ ތެރޭގައި ސައިންސަސް ޕޯ އިސްރާއީލުގެ ސްކޫލްތަކާ ގުޅުން ކަނޑާލުން ހިމެނެ އެވެ. ސައިންސަސް ޕޯގެ އެޑްމިނިސްޓްރޭޓަރު ޖީން ބަސެރެސް ދަރިވަރުންނަށް ފޮނުއްވި އީމެއިލްގައި ވަނީ ކުރިއަށް އޮތް ހަފްތާގައި ޓައުންހޯލް ބައްދަލުވުމެއް ބާއްވައި، ދަރިވަރުންނާ ދެކޮޅަށް ހިންގާ ބައެއް ޑިސިޕްލިނަރީ ޝަރީއަތްތައް މެދުކަނޑާލުމަށް ވައުދުވެވަޑައިގެންފަ އެވެ. ބަދަލުގައި ދަރިވަރުން "މިހާރު ކޯސްތަކާއި އިމްތިހާނުތަކާއި މުއައްސަސާގެ އެހެން ހުރިހާ ހަރަކާތަކަށް ބުރޫ ނޭރުވުމަށް" އީމެއިލްގައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved