ހަމްޒާ ޔޫސުފް / ގެޓީ އިމޭޖަސް
ދުނިޔެ
ސްކޮޓްލޭންޑްގެ ވެރިޔާ އިސްތިއުފާދެއްވައިފި
Azzama
އައްޒާމާ
29 އޭޕްރީލު 2024

ސްކޮޓްލޭންޑްގެ ނޭޝަނަލް ޕާޓީ (އެސްއެންޕީ)ގެ ލީޑަރު އަދި ސްކޮޓްލޭންޑްގެ ފުރަތަމަ މިނިސްޓަރު ކަމުން ހަމްޒާ ޔޫސުފް އިސްތިއުފާ ދެއްވައިފި އެވެ.

މި ފިޔަވަޅު އަޅަނީ ޔޫސުފް ސްކޮޓިޝް ގްރީންސްއާ އެކު އެސްއެންޕީގެ އިއްތިހާދު ނިންމާލިތާ މާގިނައިރުތަކެއް ނުވެ، އިދިކޮޅު ޕާޓީތަކުން ކުރި އިތުބާރު ނެތްކަމުގެ ދެ ވޯޓެއް ޔޫސުފަށް ގެއްލޭނެ ކަމަށް ބެލެވުމުންނެވެ.

"އަޅުގަނޑުގެ ހަމަތަކާއި އުސޫލުތައް ބޮލާލާ ޖަހައި ހަމައެކަނި ބާރު ހިފެހެއްޓުމަށްޓަކައި ކޮންމެ މީހަކާ ވެސް ޑީލްހަދަން ތައްޔާރެއް ނޫން،" ޓީވީ ބަސްދީގަތުމެއްގައި ޔޫސުފް ވިދާޅުވި އެވެ.

މިނިވަންކަމަށް ތާއީދުކުރާ އެސްއެންޕީގެ ނަސީބު ހީނަރުވެފައި ވަނީ ފަންޑިންގ ސްކޭންޑަލް އާއި މިދިޔަ އަހަރު ޕާޓީގެ ލީޑަރުގެ މަގާމުން ނިކޮލާ ސްޓަރޖަން އިސްތިއުފާ ދެއްވުމުންނެވެ.

މިމަހުގެ ކުރީކޮޅު ޔޫސުފް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނާކާމިޔާބު ކުރެވޭނެ ކަމުގެ "ފުރިހަމަ ޔަގީން" ކަން އޮތް ކަމަށެވެ. ނަމަވެސް ހޯމަ ދުވަހުގެ ނިޔަލަށް އޭނާގެ މައިނޯރިޓީ ސަރުކާރު ވަރުގަދަ ކުރުމަށް އެހެން ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ހުށަހެޅުއްވި ހުށަހެޅުން ކާމިޔާބު ނުވިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved