March 10, 2026
Advertisement
.
. / ރޮއިޓަރސް

ހަނގުރާމައިން ފިލަންދިޔަ މިޔަންމާގެ ރެފިއުޖީން އިންޑިޔާއިން ޑީޕޯޓް ކުރަން ފަށައިފި

Azzama
އައްޒާމާ
May 3, 2024, 07:58 PM

2021 ވަނަ އަހަރުގެ އަސްކަރީ ބަޣާވާތަކަށް ފަހު ހިޔާވަހިކަން ހޯދި މިޔަންމާގެ ރެފިއުޖީންގެ ފުރަތަމަ ގްރޫޕް އިންޑިއާއިން ބުރާސްފަތި ދުވަހު ޑީޕޯޓް ކޮށްފައިވާކަން އިންޑިޔާ އޮފިޝަލަކު ހާމަކޮށްފައިވެއެވެ.

Advertisement

މިޔަންމާގެ ބަޣާވާތަށް ފަހު އެތައް ހާސް އާންމުންނާއި އެތައް ސަތޭކަ ސިފައިން ވަނީ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ގޮސްފަ އެވެ. މިކަމުގެ ސަބަބުން ނިއުދިއްލީން ވަނީ މިޔަންމާގެ ބޯޑަރު ބައްދައި ވިސާ ފްރީ މޫވްމަންޓް ޕޮލިސީ ނިމުމަކަށް ގެނައުމަށް ރާވާފައިވާކަން އިއުލާންކޮށްފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަސްލީ ހަމަނުޖެހުންތައް ހިނގި ފަހުން މަދުވެގެން 220 މީހުން މަރުވެފައިވެއެވެ. ޖުމްލަ 77 މީހުން އަނބުރާ ފޮނުވަން ރާވާފައިވާ ބޯޑަރު ސްޓޭޓު މަނިޕޫރުން ބުރާސްފަތި ދުވަހު 38 ރެފިއުޖީން ފޮނުވާލި އެވެ.

"އެއްވެސް ތަފާތުކުރުމެއް ނެތި މިޔަންމާއިން ގަވާއިދާ ހިލާފަށް އުޅޭ މީހުން ފޮނުވާލުމުގެ ފުރަތަމަ މަރުހަލާ ނިންމާފައި މިވަނީ،" މަނިޕޫރުގެ ޗީފް މިނިސްޓަރު ބިރެން ސިންގް ބުންޏެވެ. "ސްޓޭޓް ސަރުކާރުން ދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދަމުން"

އިންޑިއާގެ ރައްޔިތެއް ވެސް މިޔަންމާއިން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ސިންގް އިތުރަށް ވިދާޅުވިއެވެ.

ރެފިއުޖީންގެ ހައްގުތަކާއި އެ މީހުން ހިމާޔަތް ކުރުމުގައި ދައުލަތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ 1951 ވަނަ އަހަރު އެކުލަވާލި އދ.ގެ ރެފިއުޖީ މުއާހަދާގައި ނިއު ދިއްލީއިން ސޮއިކޮށްފައި ނުވާއިރު، ރެފިއުޖީން ހިމާޔަތްކުރާ އަމިއްލަ ގާނޫނެއް ވެސް އެ ގައުމުގައި ނެތެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ ސިންގް ވިދާޅުވީ މާޗް މަހު ޑިޕޯޓް ކުރަން ފެށި ނަމަވެސް އިންޑިއާގެ ސަލާމަތީ އޮފިޝަލުން ބުނީ މިޔަންމާގައި ހަނގުރާމައިގެ ސަބަބުން އެ މަސައްކަތްތައް ހުއްޓުވާފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދާ ގައުމީ އިންތިހާބުތަކުގައި މަދުން ނޫނީ ނުފެންނަ ސީދާ ތިން ވަނަ ދައުރަކަށް މޯދީ ކުރިމަތިލައްވާފައިވާއިރު އޭނާގެ ސަރުކާރުން ވަނީ މަނިޕޫރު ހަލަބޮލިވެފައިވާ އެއް ސަބަބަކީ ރެފިއުޖީން ގިނަވުން ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved