ޗައިނާއިން ހުކުރު ދުވަހު ފަޅުވެރިންނުލާ ހަނދުގެ މިޝަނެއް ފަށާފައިވާއިރު، އެ މިޝަންގެ އަމާޒަކީ ފުރަތަމަ ފަހަރަށް ހަނދުގެ ދުރު ފަރާތުން ސާމްޕަލްތައް އަނބުރާ ގެނައުމެވެ.
ޗައިނާގެ މިހާތަނަށް ހިންގި އެންމެ ކޮމްޕްލެކްސް ރޮބޮޓިކް ހަނދުގެ މިޝަން ކަމަށްވާ ޗަންގް-6 ޕްރޯބް ފޮނުވާލީ ޗައިނާގެ ދެކުނުގެ ހައިނާން ޖަޒީރާގެ ވެންޗަންގް ސްޕޭސް ލޯންޗް ސެންޓަރުން ލޯންގް މާޗް-5 ރޮކެޓެއްގަ އެވެ. އެގައުމުގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުނީ އެ ލޯންޗަކީ ކާމިޔާބު ލޯންޗެއް ކަމަށެވެ.
މި ލޯންޗަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ޖައްވީ އުޅަނދުފަހަރު ހަނދަށް ޖައްސައި، ދެކުނު ގުރޫޕުގައި ރިސާޗް ބޭސްއެއް ބިނާކުރުމުގެ ޕްލޭންތަކާއެކު ޑޮމިނޭންޓް ސްޕޭސް ޕަވަރަކަށް ވުމަށް ޗައިނާއިން ކުރާ މަސައްކަތުގެ މުހިންމު މައިލްސްޓޯނަކަށް ވުމުގެ އަމާޒު ހިފާފައިވާ މިޝަނެއް ފެށުމެވެ.
މި ޕްރޯބް ފޮނުވީ އެމެރިކާ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ގައުމުތަކުން ވާދަވެރި ދާއިރާއެއްގައި ހަނދު ހޯދުމުގެ ސްޓްރެޓެޖިކް އަދި ސައިންޓިފިކް ފައިދާތަކަށް ލޯ އަޅާ ދަނޑިވަޅެއްގަ އެވެ.
ޗައިނާއިން ރާވާފައިވާ 53 ދުވަހުގެ މިޝަންގައި ޗަންގް-6 ލޭންޑަރ ހަނދުގެ ދުރު ފަރާތުގައި ހުންނަ ގޭޕިންގ ކްރެޓަރަށް ޖައްސާނެއެވެ. އެ ކްރޭޓަރަކީ ދުވަހަކުވެސް ދުނިޔެއާ ކުރިމަތިލާ ތަނެއް ނޫނެވެ. ޗައިނާ ވެގެން ދިޔައީ 2019 ވަނަ އަހަރުގެ ޗަންގް-4 މިޝަންގައި ހަނދުގެ ދުރު ފަރާތަށް ޖެއްސި ފުރަތަމަ އަދި ހަމައެކަނި ގައުމަށެވެ.
ޗަންގް’އީ-6 ލޭންޑަރުން ހޯދާ ސާމްޕަލަކީ ސައިންސްވެރިންނަށް ހަނދުގެ އީވޮލޫޝަން އާއި ޚުދު ސޯލާ ސިސްޓަމްގެ އީވޮލޫޝަން އަށް އަނބުރާ ނަޒަރު ހިންގާލުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. އަދި ޗައިނާގެ ހަނދުގެ އުންމީދުތައް ކުރިއެރުވުމަށް މުހިންމު ޑޭޓާ ލިބިދާނެ އެވެ.
"ޗަންގް-6 ގެ މަޤްޞަދަކީ ހަނދުގެ ރެޓްރޯގްރޭޑް އޯބިޓްގެ ޑިޒައިން އަދި ކޮންޓްރޯލް ޓެކްނޮލޮޖީ، އިންޓެލިޖެންޓް ސާމްޕްލިންގ، ޓޭކްއޮފް އަދި އެސެންޓް ޓެކްނޮލޮޖީ، އަދި ހަނދުގެ އެންމެ ދުރު ފަރާތުގައި އޮޓޮމެޓިކް ސާމްޕްލް ރިޓަރން އަށް ކުރިއެރުންތަކެއް ހޯދައިދިނުން،” ގޭ ޕިންގް، ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) ސެންޓަރ އޮފް ލޫނާ އެކްސްޕްލޯރޭޝަން އެންޑް ސްޕޭސް އިންޖިނިއަރިންގެ ޑެޕިއުޓީ ޑިރެކްޓަރު މިދިޔަ ހަފްތާގައި ވިދާޅުވިއެވެ.