May 2, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ވަޒީރުންގެ މަޖިލިހުގައި ނުކިޔަވާ ތިބި މީހުން ބޭތިއްބެވުމަކީ ހަމަ ހިޔާނާތެއް: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
May 7, 2024, 11:11 PM
މާލެ ސިޓީ

ރައްޔިތުން ތަމްސީލް ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި ނުކިޔަވާ މީހުން ބޭތިއްބުމަކީ ހިޔާނާތެއް ކަމަށް ކުރިގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ސެނެޓް މެމްބަރ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒަށް ވޯޓު ދެއްވީ އެމަނިކުފާނުގެ ވައުދުތައް ގަބޫލުކޮށްގެންކަމަށެވެ. އަދި ރައްޔިތުން އިތުބާރު ކުރެއްވީ އެމަނިކުފާނު ދެއްވި ޔަގީންކަމަށެވެ.

އެހެން ނަމަވެސް ރާއްޖެ ތަމްސީލް ކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި ނުކިޔަވާތިއްބަވާ ފަރާތްތަކުން ބޭތިއްބުމަކީ އެ ރައްޔިތުންނަށް ވެވަޑައިގެންނެވި ހިޔާނާތެއްކަމަށްވެސް ޑރ ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އަދި ހާއްސަ މުޝީރު އަދުރޭ އަކީ ރައީސް މުއިއްޒުގެ ސިޔާސީ ރަހުމަތްތެރިންނަށް ކަމުގައިވާތީވެ، މި ނޫން އެހެން ގޮތް ގޮތައްވެސް ރާއްޖެ އަށް އެވޯޑް ދެވިދާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

އެޥޯޑްގެ ވާހަކަ ޑރ ޖަމީލް ފާހަގަކުރައްވާފައި އެވަނީ، ދިވެހިރާއްޖެއަށް އެންމެ މަގުބޫލު މަންޒިލްގެ ޝަރަފާއެކު، ސަރަހައްދީ ގިނަ އެވޯޑްތަކެއް ލިބިފައިވާތީއެވެ.

އޭގެއިތުރުންވެސް ޑރ ޖަމީލް ވިދާޅުވީ ޚާރިޖީ ވަޒީރު އދ ގެ ޖަލްސާތަކަށް ވަޑައިނުގަނެ، އެހެން ވަޒީރެއް ކޮންމެ ފަހަރަކު ފޮނުވުމަކީ ވެސް އެެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ވަކި ޒިންމާތަކެއް އަދާ ކުރަން ހަވާލުވާ ފަރާތްތަކުން އެކަން ޓެކްސް ދައްކާ ރައްޔިތުންނަށް ލުއިގޮތަކަށް އިންތިޒާމް ކުރަން ވާނެކަމަށްވެސް ޑރ ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެެވެ.

އަދި އަބަދު ދަތުރު ހަދާ ބަޔާނެއް އިއްވަން ކޮންމެވެސް ވަޒީރަކު ދިއުމަކީ އިސްރާފެއް ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ހަމަޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ ޑރ ޖަމީލްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved