June 20, 2026
Advertisement
ސަރުކާރުގެ ތެރޭގައި އޮތީ އާއިލީ ނުފޫޒާއި ވަޒީފާގެ ބާރުވެރިކަން: ޑރ ޖަމީލު
ސަރުކާރުގެ ތެރޭގައި އޮތީ އާއިލީ ނުފޫޒާއި ވަޒީފާގެ ބާރުވެރިކަން: ޑރ ޖަމީލު / ތޭރަ އޮންލައިން

ސަރުކާރުގެ ތެރޭގައި އޮތީ އާއިލީ ނުފޫޒާއި ވަޒީފާގެ ބާރުވެރިކަން: ޑރ ޖަމީލު

Jun 20, 2026, 01:34 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި އޮތީ  އާއިލީ ނުފޫޒާއި ވަޒީފާގެ ބާރުވެރިކަން ކަމަށް ކުރީގެ ނަިއބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ،  ކެބިނެޓުން ނުވަތަ ސިޔާސީ މަގާމަކުން މީހަކު ވަކިކުރި ނަމަވެސް، އެ މީހާގެ މުޅި އާއިލާއަށް ބޮޑެތި މަގާމުތައް ދީގެން "ނަފަގާ" ދެމުންދާ ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓަށް ބެލުމެއް ނެތް، އިސްރާފު ބޮޑު އަމަލުތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިގްތިސާދީ މާހިރުންނާއި އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ޚަރަދު ކުޑަކުރުމަށް ތަކުރާރުކޮށް ގޮވާލަމުންދާއިރު، ރައީސް މުއިއްޒު އެ ލަފާތަކަށް ބޯނުލަނބާ ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ، "ރާއްޖޭގެ އިގްތިސާދު މިއަދު މިއޮތް ހީނަރުކަމަށް ވެއްޓުނީ، އައިއެމްއެފްގެ ބަސް ސަރުކާރުން ނޭހުމުންނާއި، ރައީސް މުއިއްޒު ހިތުހުރި ގޮތަކަށް ބަޖެޓް ބުރުއްސަމުން ދާދިއުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައެވެ.

މި ޖަލްސާގައި ޑރ. ޖަމީލް ވަނީ ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތެއް ނެތް ކަމަށާއި، ރައްޔިތުންގެ ޖީބަށް ބާރު ބޮޑު ވަމުންދާއިރު ސަރުކާރުގެ އިސްވެރިންގެ އަމިއްލަ އެދުން އިސްކުރަމުންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved