March 14, 2026
Advertisement
ސެމްސަންގްގެ އައު އުފެއްދުންތައް ދައްކައިލަން އުރީދޫއިން އިވެންޓެއް ބާއްވަނީ
ސެމްސަންގްގެ އައު އުފެއްދުންތައް ދައްކައިލަން އުރީދޫއިން އިވެންޓެއް ބާއްވަނީ / އުރީދޫ

"ގެލެކްސީ އަންޕެކްޑް" ލައިވްސްޓްރީމް ބަލާލުމަށް "ވޮޗް ޕާޓީ" އެއް ބޭއްވުމަށް ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 17, 2024, 04:55 PM
މާލެ ސިޓީ

ސެމްސަންގްއިން ދުނިޔޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އާ އުފެއްދުންތައް ދައްކައިލަން ކޮންމެ އަހަރަކު ބާއްވާ "ގެލެކްސީ އަންޕެކްޑް" ލައިވްސްޓްރީމް ބަލާލުމަށް "ވޮޗް ޕާޓީ" އެއް ބޭއްވުމަށް ނިންމައިފިއެވެ.

Advertisement

މިކަމާ ގުޅިގެން އުރީދީ މޯލްޑީވްސްއިން ހާމަކުރި މައުލޫމާތަށް ބަލާއިރު މި ވޮޗް ޕާޓީ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ "ސީ ހައުސް" ކެފޭގައެވެ.

"ވޮޗެ ޕާޓީ" ބުރާސްފަތި ދުވަހުގެ ރޭގެ ރޭ 9:30 ގައި "ފުލް ސާކަލް" ބޭންޑުގެ ލައިވް މިއުޒިކާ އެކުގައި ކުރިއަށް ދާނެއިރު، އެރޭ 11:00 ގައި ގެލެކްސީ އަންޕެކްޑް އިވެންޓް ލައިވްސްޓްރީމް ކުރާނެ ކަމަށް އުރީދޫން މައުލޫމާތުދީފައިވެއެވެ.

އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި އިވެންޓުގައި ބައިވެރިވާ ބެލުންތެރިންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ގެލެކްސީ ބަޑްސްއެއް ހަދިޔާކުރަން ވެސް އުރީދޫން ވަނީ ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved