March 12, 2026
Advertisement
.
. / ރޮއިޓަރސް

ސަޕޯޓް އޮތް ކަން އެންގުމަށް ބްލިންކަން ޔޫކްރޭނަށް

Azzama
އައްޒާމާ
May 15, 2024, 06:16 PM

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވަނީ އަންގާރަ ދުވަހު ކިއެވްއަށް ހައިރާން ކުރުވަނިވި ދަތުރެއް ކުރައްވައި، ޔޫކްރޭންގެ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ސިފައިންނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު، ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ބައްދަލުކުރައްވައިފައެވެ.

Advertisement

ބްލިންކެންގެ މި ދަތުރުފުޅަކީ ޔޫކްރޭނަށް އެމެރިކާގެ ސަޕްލިމެންޓަރީ ފަންޑިން ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައިވަނިކޮށް ފާސްކުރުމަށް ފަހު ބައިޑަންގެ ވެރިކަމުގެ އޮފިޝަލަކު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް އަންގާރަ ދުވަހުގެ ފަހުކޮޅު ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، އޭނާ ވަނީ ޒެލެންސްކީއާ އެކު ބޭއްވި ބައްދަލުވުމުގައި “ދާދިފަހުން ހަނގުރާމައިގެ މައިދާނުގެ އަޕްޑޭޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ބްލިންކެން އާއި ޒެލެންސްކީ "ފަހަކަށް އައިސް ހަނގުރާމައިގެ މައިދާނުގެ އަޕްޑޭޓްތަކާއި ރަޝިޔާގެ ހަމަލާތައް ފަހަތަށް ޖެއްސުމަށް އެހީތެރިވުމަށް އަލަށް އަންނަ އެމެރިކާގެ ސަލާމަތީ އެހީތެރިކަމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި" ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ބައްދަލުވުމަށް ފަހު ރީޑްއައުޓްގައި ވިދާޅުވިއެވެ.

ބްލިންކެންއާ ބައްދަލުވުމުގެ ގަޑިއެއްހާއިރު ކުރިން ހޯމަ ދުވަހުގެ ހަވީރު ދެއްވި ޚިޠާބުގައި ޒެލެންސްކީ ވިދާޅުވީ ދުޝްމަނުން އަމަލުކުރާ ގޮތް އަޅުގަނޑުމެންނަށް ވިސްނޭ ކަމަށާއި އަޅުގަނޑުމެންގެ ބާރުތައް ފަހަތަށް ދަމައިގަތުމުގެ ޕްލޭން އަޅުގަނޑުމެންނަށް ފެންނަ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved