

ސްލޮވާކިޔާގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ހަމަލާދިން މީހާއަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައިފިއެވެ.
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ އަވަހާރަކޮށްލަން އުޅުނު ކަމުގެ ދައުވާ އުފުލާފައިވަނީ އެމަނިކުފާނަށް ދިން ހަމަލާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބުމުންނެވެ.
ހަމަލާދިން ކަމަށް ބުނާ މީހާގެ ނަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ސްލޮވާކިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަކީ ލެވިސް ޓައުންގެ އުމުރުން 71 އަހަރުގެ މީހެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.
އުމުރުން 59 އަހަރުގެ ފީކޯގެ ހާލު ސީރިއަސް ނަމަވެސް ސްޓޭބަލްއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޓީރިއާ މިނިސްޓަރު މަޓޫސް ސުތާޖް އެސްޓޯކް ވިދާޅުވީ ޝައްކު ކުރެވޭ މީހާ އެކަނި އަމަލުކޮށްފައިވާ ކަމަށާއި މީގެ ކުރިން ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.
އޭޕްރީލް މަހުގެ ވޯޓު ކާމިޔާބު ކުރެއްވީ ޕޮޕިއުލިސްޓް އަދި ރޮބަޓް ފީކޯގެ އެކުވެރިއެއް ކަމަށްވާ ޕީޓާ ޕެލެގްރީނީ އެވެ.
ބުދަ ދުވަހުގެ ދުވާލު އަލިކަމުގެ ތެރޭގައި ސަޕޯޓަރުން ކައިރިއަށް ދިޔަ ތަނާ ފީކޯއަށް ކައިރިން ބަޑިޖަހާފައިވެއެވެ.
ބަޑިޖެހި މީހަކު ފަސް ފަހަރު ބަޑިޖަހައި ބޮޑުވަޒީރުގެ ބަނޑާއި އަތަށް ހަމަލާއެރިއެވެ.
ފީކޯގެ ބޮޑީގާޑުންނަށް ހަރަކާތް ކުރެވުނީ ހަމަލާދިން ފަހުންނެވެ. ފޫޓޭޖްތަކުން ފެންނަ ގޮތުގައި ބައެއް އޮފިސަރުން ޒަހަމްވި ޕީއެމް ކާރަކަށް އުފުއްލައިގެން ދުވެފައި ދިޔައިރު، އަނެއް ބަޔަކު ވަނީ ޝައްކު ކުރެވޭ މީހާ ހިފަހައްޓާފައެވެ.
މިސްޓަރ ފީކޯ އެއާ އެމްބިއުލާންސެއްގައި ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދިޔައިރު، ލިބުނު އަނިޔާތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތަކެއް ކަމަށް ސިފަކޮށްފައިވެއެވެ.
އެއަށްފަހު އޭނާ ބަދަލުކުރީ ހެންޑްލޯވާގެ އިރުމަތީގައި އޮންނަ ބަންސްކާ ބިސްޓްރިކާގެ އެހެން ފެސިލިޓީއަކަށް ކަމަށާއި އެތަނުގައި ސާޖަންންނާއި ޓްރޮމާ ޓީމުތަކުން ރޭގަނޑު ވަންދެން މަސައްކަތްކޮށްގެން އޭނާ ސްޓޭބަލް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.
ބުރާސްފަތި ދުވަހު ހޮސްޕިޓަލުގެ ޑިރެކްޓަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފީކޯގެ ހާލަތު ސްޓޭބަލް ނަމަވެސް "ހަގީގަތުގައި ވަރަށް ސީރިއަސް" ކަމަށާއި އޭނާ އިންޓެންސިވް ކެއާ ޔުނިޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ބޮޑުވަޒީރުގެ ނައިބު ޓޮމާސް ތަރާބާ ބީބީސީއަށް ވިދާޅުވީ ފީކޯގެ ސާޖަރީ "ރަނގަޅަށް" ގޮސްފައިވާ ކަމަށާއި "އަހަރެން ލަފާކުރާ ގޮތުގައި ނިމުމުގައި އޭނާ ސަލާމަތްވާނެ" ކަމަށެވެ.