March 11, 2026
Advertisement
-
- / ގެޓީ އިމޭޖަސް

ދުނިޔޭގެ އެންމެ އަގުބޮޑު ދޫނި ފަތް ނީލަމެއްގައި ވިއްކާލައިފަ

Azzama
އައްޒާމާ
May 23, 2024, 01:52 AM

މިހާރު ނެތިގެން ގޮސްފައިވާ ނިއުޒީލެންޑްގެ ހުއިއާ ދޫނީގެ އެންމެ ފަތެއް ނީލަމެއްގައި 46،521.50 ނިއުޒީލެންޑް ޑޮލަރު (28،417 ޑޮލަރު، 22،409 ޕައުންޑް) އަށް ވިއްކުމަށް ފަހު ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފިއެވެ.

Advertisement

ފުރަތަމަ 3،000 ޑޮލަރަށް އަރާނެ ކަމަށް ބެލެވުނު މި ފަތަކީ ހަމަ އެ ބާވަތުގެ ފަތެއްގެ ކުރިން އޮތް ރެކޯޑް %450 މުގުރާލާފައިވާ ފަތެއް ކަމަށް ވެބްސް އޮކްޝަން ހައުސްއިން ބުނެއެވެ.

ހުއިއާ ދޫންޏަކީ މައޯރީ މީހުންނަށް މުޤައްދަސް ދޫންޏެކެވެ. އެމީހުންގެ ފަތްތައް ގިނަ ފަހަރަށް ވެރިންނާއި އެމީހުންގެ އާއިލާތަކުން ބޮލުގައި އަޅާފައި ހުންނައިރު ހަދިޔާ ނުވަތަ ވިޔަފާރި ވެސް ކުރަމުން ދިޔައެވެ.

ނިއުޒިލޭންޑްގެ މިއުޒިއަމްއިން ބުނި ގޮތުގައި އެންމެ ފަހުން އެ ދޫނި ފެނުނުކަން ކަށަވަރުވީ 1907 ވަނަ އަހަރު ކަމަށާއި ނަމަވެސް އޭގެ ފަހުން ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއްގައި ފެނުނުކަމަށް ބުނާ ބުނުން ކަށަވަރު ނުކުރެވޭ ކަމަށެވެ.

ހުއިއާ އަކީ ނިއުޒިލޭންޑްގެ ވޮޓްލްބާޑް އާއިލާގެ ކުޑަ ލަވަދޫންޏެކެވެ.

ހޯމަ ދުވަހު ވިއްކާލި ފިޔަގަނޑު ހުރީ "އަޖައިބު ކުރުވަނިވި ހާލަތެއްގައި" ކަމަށް ވެބްސް އޮކްޝަން ހައުސްގެ ހެޑް އޮފް ޑެކޯރޭޓިވް އާޓްސް ލީއާ މޮރިސް ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved