. / އޭއެފްޕީ
ދުނިޔެ
ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ޕަޕުއާ ނިއު ގިނީގެ 100 ގެ ވަޅުލެވިއްޖެ
Azzama
އައްޒާމާ
25 މޭ 2024

ޕަޕުއާ ނިއުގިނީގެ ދުރު އަވަށްތަކަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެދާނެ ކަމަށް އެ ގައުމުގެ އޮފިޝަލުންނާއި އެހީދޭ އެޖެންސީތަކުން ބުނެފިއެވެ.

ޕެސިފިކްގެ ހުޅަނގު ދެކުނުގައި އޮންނަ ޖަޒީރާ ގައުމުގެ އުތުރުގައި އޮންނަ އެންގާގެ އުސްބިންތަކުގައި ހުކުރު ދުވަހުގެ ރޭ 03:00 ހާއިރު (ބުރާސްފަތި ދުވަހުގެ ޖީއެމްޓީ 17:00 ހާއިރު) 100 އަށް ވުރެ ގިނަ ގެ ވަޅުލެވިފައިވެއެވެ.

ވަޅުލެވިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވެފައި ތިބީ ކިތައް މީހުންކަން ސާފުނުވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެންގާގެ ގަވަރުނަރު ޕީޓާ އިޕަޓަސް އޭއެފްޕީގެ ނޫސް އެޖެންސީއަށް ވިދާޅުވީ އެއީ "މީގެ ކުރިން ނުފެންނަ ގުދުރަތީ ކާރިސާއެއް" ކަމަށެވެ.

ޕަޕުއާ ނިއު ގިނީގެ ބޮޑުވަޒީރު ޖޭމްސް މަރަޕޭ ވިދާޅުވީ އޭނާގެ ސަރުކާރުން ވަނީ ބިންގަނޑު ކަނޑައިގެން ދިޔަ ތަނަށް ޑިޒާސްޓާ އޮފިޝަލުން ފޮނުވާފައި ވަނީ "ރިލީފް މަސައްކަތް ފެށުމަށާއި ހަށިގަނޑުތައް ހޯދުމާއި އިންފްރާސްޓްރަކްޗާ އަލުން ބިނާކުރުމަށް" ކަމަށެވެ.

"ލިބުނު ގެއްލުންތަކާއި ފުރާނަ ގެއްލުމުގެ މިންވަރާ ބެހޭ ގޮތުން ފުރިހަމަ މައުލޫމާތު ލިބުމުން އިތުރު މައުލޫމާތު އާންމު ކުރާނަން،" މަރަޕޭ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

އެންގާގެ ކައޯކަލަމް އަވަށުގެ ފޭސްބުކް ޔޫޒަރ ކިންޑޫޕަން ކަމްބީ އާންމުކުރި ވީޑިއޯއަކުން މީހުން ރޮއި ހަޅޭއްލަވާ އަޑު އިވެ އެވެ.

"އެތައް ބަޔަކު މަރުވި ކަމުގެ ރިޕޯޓްތައް ލިބިފައިވީ ނަމަވެސް ސީދާ އަދަދުތައް އަދި ކަށަވަރުކޮށްދީފައެއް ނުވޭ،" ޕަޕުއާ ނިއު ގިނީގެ ރެޑްކްރޮސް ސޮސައިޓީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަތޮޅު ގަވަރުނަރު އޮފީހާއި ފުލުހުންނާއި ދިފާއީ ބާރުތަކާއި ލޯކަލް އެންޖީއޯތަކުގެ އޮފިޝަލުން ހިމެނޭ ކުއްލި ހާލަތުގައި ރައްދުދޭ ޓީމެއް އެތަނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާއެއް ކަމަށްވާ ކެއާ އިން މ ބުނީ އެ ހާދިސާއާ ގުޅިގެން "މިވަގުތު ސިޗުއޭޝަން އެސެސްމަންޓެއް ހަދަމުންދާ" ކަމަށެވެ.

އެންގާ އަކީ އެގައުމުގެ ވެރިރަށް ޕޯޓް މޮރެސްބީ އާއި އެއްގަމު މަގުން 600 ކިލޯމީޓަރަށް ވުރެ ދުރުގައި އޮންނަ ރަށެކެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved