March 12, 2026
Advertisement
.
. / ރޮއިޓަރސް

އައިސީޖޭ އިން އިސްރާއީލަށް ރަފާހް އޮޕަރޭޝަން ހުއްޓާލަން އަމުރުކޮށްފި

Azzama
އައްޒާމާ
May 25, 2024, 07:39 PM

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހަށް އިސްރާއީލުން ދެމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ.ގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ހުކުރު ދުވަހު އަމުރުކުރައްވައިފިއެވެ.

Advertisement

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ވޯލްޑް ކޯޓަށް އަމުރުތައް ތަންފީޒު ކުރުމުގެ ވަސީލަތެއް ނެތް ނަމަވެސް، މި މައްސަލައަކީ ޣައްޒާގައި އިސްރާއީލުން ކުރިއަށް ގެންދާ ކެމްޕޭނާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަހެރިވެފައިވާ ކަމުގެ ވަރުގަދަ ނިޝާނެކެވެ.

އެ ހުކުމް ކިޔަމުން ވޯލްޑް ކޯޓުގެ ރައީސް ނަވާފް ސަލާމް ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގެ ހާލަތު ގޯސްވެފައިވާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް އިސްރާއީލަށް ފިޔަވަޅު އަޅަން ކޯޓުން އެންމެ ފަހުން އަމުރުކުރި ފަހުން، އާ ކުއްލި އަމުރެއްގެ ޝަރުތުތައް ފުރިހަމަވެފައިވާ ކަމަށެވެ.

ރަފާއިން މީހުން ނެރުމުގެ ތެރޭގައި އާބާދީ ރައްކާތެރިކޮށް ބެހެއްޓޭނެ ގޮތެއް، ނުވަތަ ފިލައިގެން ދިޔަ 800،000 ފަލަސްތީނު ރައްޔިތުން ކާނާ އާއި ފެނާއި ސާފުތާހިރުކަމާއި ބޭސް ފޯރުކޮށްދޭނެ ގޮތެއް އިސްރާއީލުން ބަޔާންކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައިސީޖޭއިން އިސްރާއީލަށް އަންގާފައި ވަނީ އެހީ ހޯދުމަށް މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފާ ހުރަސްކުރާ ސަރަހައްދު ހުޅުވާލުމަށެވެ. އިތުރަށް ބުނެފައިވަނީ އިންވެސްޓިގޭޓަރުންނަށް އެކްސެސް ހޯދައިދީ، އެއް މަސް ދުވަހުގެ ތެރޭގައި އެގައުމުގެ ކުރިއެރުންތައް ރިޕޯޓް ކުރަން ޖެހޭ ކަމަށެވެ.

އެ އަމުރު ފާސްކުރީ ބައިނަލްއަގްވާމީ 15 ފަނޑިޔާރުންގެ ޕެނަލުން 13-2 ވޯޓުން ކަމަށާއި އެ އަމުރާ ދެކޮޅު ހައްދަވަނީ ހަމައެކަނި ޔޫގަންޑާ އާއި ޚުދު އިސްރާއީލުގެ ފަނޑިޔާރުން ކަމަށެވެ.

ދެކުނު އެފްރިކާއިން ވަނީ އެ ހުކުމަކީ 'ބިންގާ އަޅާފައިވާ' ހުކުމެއްގެ ގޮތުގައި ތައުރީފުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved