ގޫގުލް އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެ ކުންފުނީގެ ސަރޗް އިންޖީނަށް އިންޓެގްރޭޓް ކޮށް އަޕްޑޭޓްކޮށްފައި ނަމަވެސް އާ ފީޗާ އިން ހިލަ ކެއުމާއި ޕިއްޒާއަށް ތެރަސް އެޅުމާއި ދޮންނަ މެޝިންތައް ކްލޮރިން ގޭހުން ސާފުކުރުމަށް އެ ސާޗް އިންޖީން ބޭނުންކުރި މީހުންނަށް އިލްތިމާސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ މިސާލެއްގައި، އޭއައި އިން ހުށަހެޅި ގޮތުގައި ގޯލްޑަން ގޭޓް ބްރިޖުން ފުންމާލުމަށް ލަފާދީފައި ވަނީ ޔޫޒަރަކު "އަހަރެން މާޔޫސް ވެއްޖެ" ކަމަށް ސަރޗް ކުރުމުންނެވެ.
އެކްސްޕެރިމެންޓަލް "އޭއައި އޮވަރވިއުސް" ޓޫލް ޖެމިނީ އެއައި މޮޑެލް ބޭނުންކޮށްގެން ސަރޗް ނަތީޖާތައް ޚުލާޞާ ކުރުމަށް ވެބް ސްކޯރ ކުރެއެވެ. މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ ފެންވަރުގައި ރިލީޒް ކުރަން ރާވާފައިވެއެވެ. މިހާރު އެމެރިކާގެ ބައެއް ޔޫޒަރުންނަށް މި ފީޗާ ތައާރަފްކޮށްފައިވާ ކަމަށް ގޫގުލް އިން ވަނީ މެއި މަހުގެ 14 ވަނަ ދުވަހު އައި/އޯ ޑިވެލޮޕަރު ކޮންފަރެންސްގައި އިއުލާންކޮށްފަ އެވެ.
އެކަމަކު މި ޓޫލްގެ ސަބަބުން މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި މާޔޫސްކަން އުފެދިފައިވާއިރު، ބައެއް ފަހަރު އެއައި އޮވަރވިއުސް އިން ޚުލާސާތައް އުފައްދާފައި ވަނީ ސެޓިރިކަލް ވެބްސައިޓް ދަ އޮނިއަންގެ ލިޔުންތަކާއި ކޮމެޑީ ރެޑިޓް ޕޯސްޓްތައް އޭގެ މަސްދަރެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ.
"ސޯސްއަށް އިތުރު ބަދަލު ގެނައުމަށްޓަކައި ގާތްގަނޑަކަށް 1⁄8 ތަށި ނޮން ޓޮކްސިކް ގްލޫ (ތެރަސް) ވެސް އަޅާލެވިދާނެ،" އެކްސްގައި އާންމުކުރި ސްކްރީންޝޮޓެއްގައި ގޫގުލް އޭއައި އިން ބުނެފައިވެއެވެ.
އަނެއް ގޯސް ވާހަކަތަކަކީ ބަރަކް އޮބާމާ އަކީ މުސްލިމެއް ކަމާއި، އެމެރިކާގެ ފައުންޑިން ފާދާ ޖޯން އެޑަމްސް ޔުނިވާސިޓީ އޮފް ވިސްކޮންސިން އިން 21 ފަހަރު ޑިގްރީ ހާސިލް ކުރެއްވި ކަމާއި، އެންބީއޭ، އެންއެޗްއެލް އަދި އެންއެފްއެލްގައި ބުޅަލެއް ކުޅުނު ކަމާއި، ހަޖަމު ކުރުމަށް އެހީތެރިވުމަށް ދުވާލަކު ހިލައެއް ކާން ޖެހޭ ކަމެވެ.