March 11, 2026
Advertisement
އުނގޫފާރުގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓުގައި ޖެހުނު ފެންގަނޑު
އުނގޫފާރުގައި ކުޅެން ތިބި ކުދިންތަކެއް ކަރަންޓުގައި ޖެހުނު ފެންގަނޑު / އުނގޫފާރު އޮންލައިން

ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 26, 2024, 03:12 AM
މާލެ ސިޓީ

ކަރަންޓުގައި ޖެހުނު އުނގޫފާރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ގެނައިއިރުވެސް 18 އަހަރުގެ ޒުވާނާ ހާލު ސީރިސްވެ އޮތީ ވެންޓިލޭޓަރުގައެވެ. ޒުވާނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

ފާއިތުވި ބުރާސްފަތި ދުވަހު އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން އެރަށު ހޮސްޕިޓަލަށް ގެންދެވުނީ 8 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ޒުވާނެކެވެ. މިކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނުނު 12 އަހަރުގެ އަންހެން ކުއްޖަކުވެސް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އެހެންނަމަވެސް އެ ކުއްޖާއާއި 8 އަަހަރުގެ ކުއްޖާ ފަހުންވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މިހާދިސާއާ ގުޅިގެން ތޭރަ އޮންލައިނަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ކުރިން ވިދާޅުވެފައިވަނީ މަގުމަތީގައި ހުރި މަގު ބައްތިއަކުން މަގުގައި އޮތް ފެންގަނޑަކަށް ކަރަންޓު ދޫވެފައި ހުއްޓާ ކަރަންޓުގައި ޖެހި ހާލު ސިރިއަސްވެ ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ. އެކަމާ ގުޅިގެން ބެލި ބެލުމުން އެނގިގެން ދިޔައީ ފެން ގަނޑަށް ކުޅެން އެރުނު އެއް ކުއްޖަކު ކަރަންޓުގައި ޖެހުމުން އޭނާ ސަލާމަތްކުރަން 18 އަހަރުގެ ޒުވާނާ ގޮސް މަސައްކަތްކުރަނިކޮށް އޭނާވެސް ކަރަންޓުގައި ޖެހުނީ ކަމަށެވެ. އަދި އެމަންޒަރު ބަަލން ހުރި އިތުރު ކުއްޖަކުވެސް ހާލު ދެރަވެ ފަރުވާ ދީފައިވެއެވެ.

ކަރަންޓު ފެންގަނޑަށް ދޫވެފައި ހުރި ހުރުމާ ގުޅިގެން ފެނަކައިގެ އުނގޫފާރު ބްރާންޗުގެ މެނޭޖަރު ސައީދުއާ ސުވާލުކުރުމުން ވިދާޅުވީ އެއީ ކުރީގެ ސިސްޓަމުން ކަރަންޓު ނަގާފައި ހުންނަ ބައްތިތަކެއް ކަމަށާ އެ ބައްތިތަކަކީ ކިރިޔާވެސް އަނދިރިވެލާއިރަށް ދިއްލޭ ބައްތިތަކަކަށް ވުމުން އެ ވަގުތު ބައްތީގައި ކަރަންޓު ހުރެ ބައްތީގެ ވަޔަރިން1ގައި ދިމާވެފައި ހުރި މައްސަލައަކާ ގުޅިގެން ބައްތި ދަނޑިއަށް ކަރަންޓު އައިސްފައި ހުރި ކަމަށެވެ. އަދި ފެންގަނޑަށް ކަރަންޓު އައީ ކަރަންޓުގައި ފުރަތަމަ ޖެހުނު ކުއްޖާ ސަލާމަތްކުރަން ދިޔަ ޒުވާނާ ފެންގަނޑުގައި ހުރެ މަގު ބައްތީގައި އަތްލުމުން އޭނާގެ ގަޔަށް ކަރަންޓު އައިސްގެން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved