ޕާޓީ ރަޖިސްޓްރީ ކުރުމަށް ހަވާލުކުރަން ޖެހޭ ފޯމްތައް އޮންލައިންކޯށް އަޕްލޯޑް ކުރެވޭނެ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަދައިދީފައި ވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ޕީއެންއެފްގެ ފަރާތުން މަޝްވަރާކުރުމަށް އީސީއަށް ވަޑައިގެން ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖީލީހުގައި ޕީއެންއެފްގެ ފަރާތުން ކެންޑިޑޭޓުން ނެރުމަށްޓަކައި އެ ޕާޓީގެ ރަޖިސްޓްެރޭޝަންގެ ކަންތައް އަވަސް ކުރުމާއި ގުޅިގެން އީސީއާއި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން އެ މަސައްކަތް އަވަސްކޯށްދިނުމަށްޓަކައި ހުށައަޅަން ޖެހޭ ހުރިހާ ފޯމްތަކެއް އޮންލައިންކޮށް ހުށައެޅޭނެ ގޮތް އީސީން ހަދައިދީފައިވާކަމަށް މަލީހު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުން ޕާޓީގެ ރަޖިސްޓްރޭޝަން ކަނަތައް ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.
ރަޖިސްޓްރޭޝަންެ ޕްރޮސަސް އަވަސްކުރުމަށްޓަކައި އެބޭފުޅުންގެ އޮންލައިން ޕޯޓަލްެގެ އެކްސެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައި. އޭރުން އަޅުގަނޑުމެންނަށް ޕާޓީގެ ފޯމްތައް އަޕްލޯޑްކުރުމަށް އަދި ރެޖިސްޓްރޭޝަން އަށް ވެސް ވަރަށް ފަސޭހަ ވެގެންދާނެ.
އިތުރަށް މަލީހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަސް ތެރޭގައި ބާއްވާތީ އެކަމާއި ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކައިފައެވެ.
ޕީއެންއެފްގެ ރެޖިސްޓްރޭޝަން ކުރިއަށްދާއިރު، އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖީލީހުގެ އިންތިހާބުގައި ފެނިގެންދާނެ ކަމަށް ވެސް އެޕާޓީގެ ފަރާތުން ވަނީ މައުލޫމާތުދެއްވާފައެވެ.