March 11, 2026
Advertisement
-
- / ރޮއިޓަރސް

ހަތަރު މަހަށް ފަހު ހަމާސްއިން ތެލް އަވީވަށް ރޮކެޓް ހަމަލާދީފި

Azzama
އައްޒާމާ
May 27, 2024, 01:37 AM

ހަމާސްއިން ބުނެފައިވަނީ ގާތްގަނޑަކަށް ހަތަރު މަސް ފަހުން ފުރަތަމަ ފަހަރަށް މެދުތެރޭ އިސްރާއީލުގެ ޓެލްއަވީވް ސަރަހައްދާއި ދިމާލަށް ރޮކެޓް ހަމަލާއެއް ދީފައިވާ ކަމަށެވެ.

Advertisement

ޣައްޒާގެ ދެކުނުގެ ރަފާ ސަރަހައްދުން މަދުވެގެން އަށް ރޮކެޓް ފޮނުވާލިއެވެ. އެތައް ރޮކެޓު ހުއްޓުވާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އިސްރާއީލުން ބުނެއެވެ.

ރަފާގައި އިސްރާއީލު ސިފައިން ދަނީ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ހަރްޒްލިޔާ އާއި ޕެޓާ ޓިކްވާ ފަދަ އެހެން ސިޓީތަކާއި ރަށްރަށުގައި ވެސް ރޮކެޓް ސައިރެން ޖަހާފައިވެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ވަނީ ހެރްޒްލިޔާގެ އިމާރާތެއްގެ ބަގީޗާގައި ހުރި ވެއްޓިފައިވާ ރޮކެޓުގެ ކުނޑިތައް ފެންނަ ފޫޓޭޖްތަކެއް އާންމުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ އެހެން ވީޑިއޯއަކުން ފެންނަނީ މެދުތެރޭގެ ރަށެއް ކަމަށްވާ ކްފާރު ސަބާ ކައިރީގައި އޮންނަ ހުޅުވިފައިވާ ސަރަހައްދެއްގައި ވެއްޓުނު ރޮކެޓެއްގެ ސަބަބުން އުފެދިފައިވާ ކަމަށް ބެލެވޭ ބޮޑު ވަޅުގަނޑެކެވެ.

އިސްރާއީލުގެ އެމްބިއުލާންސް ސާވިސް، މަގޭން ޑޭވިޑް އަޑޮމް ބުނީ ރޮކެޓު ހަމަލާގެ ސަބަބުން ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހަމާސްގެ ޓެލެގްރާމް ޗެނަލްގައި ހަމާސްގެ އަސްކަރީ ވިންގް އަލް ގައްސާމް ބްރިގޭޑުން ވަނީ ޓެލް އަވީވަށް "ބޮޑު" މިސައިލް ހަމަލާއެއް ދިން ކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved