ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ އިން ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ވަނީ ބަލައިގެންފިއެވެ.
މި ގައުމުތަކުގެ އުންމީދަކީ އެކުގައި މަސައްކަތްކޮށްގެން ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލު ކުރުމަށް ހިތްވަރު ދީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށާއި ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އިސްރާއީލު މީހުން މިނިވަންކުރުމަށް އެހީތެރިވެދޭނެ ޑިޕްލޮމެޓިކް ފިޔަވަޅެއް ގޮތުގައި އެކަން ވުމެވެ.
މި ރަމްޒީ ނިންމުމާ ގުޅިގެން އިސްރާއީލު ސަރުކާރު ވަނީ އެ ގައުމުތަކަށް ރުޅިވެރި ބަސްތައް އަމާޒުކޮށް ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެފައެވެ.
އިޒްރޭލުން ވަނީ އަޔަލޭންޑް، ނޯވޭ އަދި ސްޕެއިންގެ ސަފީރުން އަނބުރާ ގެންގޮސް، ޓެލްއަވީވްގައި ތިބި އެގައުމުގެ މަންދޫބުންނަށް ރަސްމީކޮށް ފާޑުކިޔާފައެވެ. މި ތިން ގައުމުގެ އޮފިޝަލުން ވެސް މިދިޔަ ހަފްތާގައި އިސްރާއީލުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގެ ފޫޓޭޖް މީޑިއާގެ ކުރިމަތީގައި ދައްކާލުމަށެވެ.
ތިން ގައުމުން ފަލަސްތީނު ބަލައިގަތުމުގެ އިތުރަށް އިސްރާއީލަށް ޑިޕްލޮމެޓިކް ޕްރެޝަރު އިތުރުވެގެން ދަނީ ބައިނަލްއަގްވާމީ ދެ ކޯޓަކުން ޣައްޒާގެ ދެކުނުގައި އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް)ގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ގޮވާލުމާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމަށް އައިސީސީ އިން އަމުރަކަށް އެދުމުންނެވެ.
ހުޅަނގުގެ ގައުމުތަކުން ވަނީ ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކުގައި އިސްރާއީލުން ވަޒަންވެރިވާ މީހުންނާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައެވެ.
ޑިޕްލޮމެޓިކް ރިކޮގްނިޝަންގެ ޕްރޮސެސް ގައުމުތަކުގެ މެދުގައި ތަފާތު ނަމަވެސް އާންމުކޮށް ރާމަاللهގައި ހުންނަ ފަލަސްތީނުގެ އޮތޯރިޓީއާ އެކު ރަސްމީކޮށް ސެޓްފިކެޓް ބަދަލުކުރުން ހިމެނެއެވެ.
ހުޅަނގު އައްސޭރީގައި ނުވަތަ އިރުމަތީ ގުދުސްގައި މިހާރު ހުރި ކޮންސިއުލޭޓްތައް ނުވަތަ މިޝަންތައް ދެން ރަސްމީ އެމްބަސީތަކަށް ބަދަލުވާއިރު، މަންދޫބުން ފުރިހަމަ ސަފީރުންނަށް ބަދަލުވެއެވެ.