March 11, 2026
Advertisement
ހޫނު ގަދަވުމުގެ ސަބަބުން ފިހާރަތަކުން އައިސް ވިއްކަނީ
ހޫނު ގަދަވުމުގެ ސަބަބުން ފިހާރަތަކުން އައިސް ވިއްކަނީ / ރޮއިޓަރސް

ޕާކިސްތާނުގެ ފިނިހޫނުމިން 52 ޑިގްރީގައި

Azzama
އައްޒާމާ
May 29, 2024, 04:06 PM

ޕާކިސްތާނުގެ ދެކުނު ޕްރޮވިންސް ސިންދުގައި ފިނިހޫނުމިން 52 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ މި އަހަރުގެ ހޫނު މޫސުމުގެ އެންމެ މަތީ ރީޑިން އާއި އެގައުމުގެ ރެކޯޑް އުސްމިނާ ގާތް އަދަދެއް ކަމަށް މެޓް އޮފީހުން ހޯމަ ދުވަހު ބުނެފިއެވެ.

Advertisement

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މުޅި އޭޝިއާގައި އިންތިހާއަށް ހޫނުމިން ގޯސްވެފައިވަނީ އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ބައިނަލްއަގްވާމީ ސައިންސްވެރިންގެ ޓީމަކުން ވަނީ ބުނެފައެވެ.

މީލާދީން 2500 ވަނަ އަހަރު ކުރިން ބިނާކުރި އިންޑަސް ވެލީ ސިވިލައިޒޭޝަންގެ އާސާރީ ތަންތަން ހިމެނޭ މަޝްހޫރު ސިންދުގެ ރަށެއް ކަމަށްވާ މޮހެންޖޯ ޑާރޯގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފިނިހޫނުމިން 52.2 ސެލްސިއަސް އަށް މައްޗަށް ގޮސްފައިވެއެވެ.

މޮހެންޖޯދާރޯ އަކީ ހޫނު މޫސުމާއި ފިނިމޫސުމުގައި އާދަޔާ ހިލާފަށް ވިއްސާރަ މަދު އަވަށެއް ނަމަވެސް ބޭކަރީ، ޓީ ޝޮޕް، ގަރާޖުތައް، އިލެކްޓްރޯނިކް މަރާމާތު ކުރާ ފިހާރަތަކާއި މޭވާ އާއި ތަރުކާރީ ވިއްކާ ތަންތަން އާންމުކޮށް ކަސްޓަމަރުން ވަދެ ފުރާލައެވެ.

ނަމަވެސް މިހާރު ހޫނު ގަދަވުމާއެކު ފިހާރަތަކަށް މީހުން އަންނަތަން ނުފެނެއެވެ.

"ކަސްޓަމަރުން ރެސްޓޯރަންޓަށް ނާންނަނީ ހޫނުގަދަވުމުގެ ސަބަބުން. ކަސްޓަމަރެއް ނެތި ރެސްޓޯރެންޓުގައި މި އިންނަނީ ހުސްކޮށް،" އެ ރަށުގައި ޓީ ސްޓޯލެއް ހިންގާ ވާޖިދު އަލީ، 32، ބުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved