March 11, 2026
Advertisement
ބަނދަރުގެ ސެޓެލައިޓް ފޮޓޯ
ބަނދަރުގެ ސެޓެލައިޓް ފޮޓޯ / އޭޕީ

ޣައްޒާގައި އެމެރިކާއިން ހަދަމުންދާ ބަނދަރު ހަލާކުވެއްޖެ

Azzama
އައްޒާމާ
May 30, 2024, 04:04 PM

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާ އަސްކަރިއްޔާއިން ހަދާފައިވާ ވަގުތީ ބަނދަރު ކަނޑު ގަދަވުމުގެ ސަބަބުން ހަލާކުވެފައިވާއިރު، މަރާމާތު ކުރުމަށް މަދުވެގެން ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ

Advertisement

އެމެރިކާ ސިފައިން ފްލޯޓިން ޕިއާރ ވަގުތީ ކޯޒްވޭއަކުން ޣައްޒާގެ އައްސޭރިފަށާ ގުޅިފައިވާ މި ބަނދަރު ހަދަން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

މިހާރު މަޝްރޫއުގެ ކޯޒްވޭ ބައި ކެނޑިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ބައި އަނބުރާ ގެންދިއުމުގެ ކުރިން މަރާމާތު ކުރަން ޖެހޭނެއެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ މިންވަރަކީ އެގައުމުގެ އާބާދީގެ ބޭނުންތައް ފުއްދައިދިނުމަށް ބޭނުންވާ އެހީގެ ކުޑަ އިންސައްތައެއް ކަމަށް އިންސާނީ އެހީދޭ ޖަމިއްޔާތަކުން ވަނީ އިންޒާރު ދީފައެވެ.

އެމެރިކާގެ އޮފިޝަލުން ފުރަތަމަ މާޗް މަހު އިއުލާންކުރި މި ބަނދަރަކީ މައިގަނޑު ދެ ބައެއް ކަމަށްވާ ދަގަނޑު ސެގްމަންޓްތަކުން ހަދާފައިވާ ބޮޑު ފްލޯޓިން ޑޮކާއި ދެ ލޭން، 1،800 ފޫޓް (548 މީޓަރު) ގެ ކޯޒްވޭ އާއި ބަނދަރެވެ.

އަންގާރަ ދުވަހު ޕެންޓަގަން އިން ވަނީ ކޯޒްވޭގެ ބައެއް ގަދަ ކަނޑުގައި ފަޅައިގެން ގޮސްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved