March 11, 2026
Advertisement
އިރާނުގެ އިންތިޚާބެއްގައި އާންމުން ވޯޓުލަނީ
އިރާނުގެ އިންތިޚާބެއްގައި އާންމުން ވޯޓުލަނީ / އޭޕީ

އިރާނުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Azzama
އައްޒާމާ
May 30, 2024, 07:21 PM

މި މަހުގެ ކުރީކޮޅު ހެލިކޮޕްޓަރު ވެއްޓި އަވަހާރަވި އިބްރާހިމް ރައީސީ ފުރުއްވަމުން ގެންދެވި އިރާނުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުރިމަތިލުމަށް 5 ދުވަހުގެ ރަޖިސްޓްރޭޝަން މުއްދަތެއް ވަނީ ހަމަޖައްސާފައެވެ.

Advertisement

ދައުލަތުގެ ހުރިހާ ކަމެއްގައި އެންމެ ފަހުބަސް ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ، 85، ކަމަށް ވާއިރު، މީގެ ކުރީގެ ރައީސުން ވަނީ އީރާނާ އެކު ގުޅުން ބަދަހިކޮށް، ނުވަތަ ހުޅަނގާ ދެކޮޅުވެރިކަން އިތުރު ކުރުމަށް އަމާޒުކޮށްފައެވެ.

ފަސް ދުވަހުގެ މުއްދަތުގައި ޕޮޓެންޝަލް ކެންޑިޑޭޓުންގެ ގޮތުގައި ތިބޭނީ އުމުރުން 40 އަހަރާއި 75 އަހަރާ ދެމެދުގެ މަދުވެގެން މާސްޓާސް ޑިގްރީއެއް އޮންނަ މީހުންނެވެ.

ހުރިހާ ކެންޑިޑޭޓުން ވެސް އެންމެ ފަހުން ފާސްކުރަން ޖެހެނީ އީރާނުގެ 12 މެންބަރުންގެ ގާޑިއަން ކައުންސިލުން ކަމަށްވާއިރު، އެއީ ޚާމަނާއީ ބަލަހައްޓަވާ ދީނީ އިލްމުވެރިންނާއި ފިޤުހުވެރިންގެ ޕެނަލެކެވެ.

ޚާމަނާއީގެ އަރިސް ބޭފުޅެއް ކަމަށްވާ ރައީސީ 2021 ވަނަ އަހަރު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާޑިއަން ކައުންސިލުން ހުރިހާ ކެނޑިޑޭޓުންގެ ކެނޑިޑޭސީ ބާތިލް ކަމަށް ކަނޑައެޅުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved