March 10, 2026
Advertisement
ރައީސް އޮފީސް ކައިރި ކުރިޔަށްދިޔަ އިހްތިޖާޖް
ރައީސް އޮފީސް ކައިރި ކުރިޔަށްދިޔަ އިހްތިޖާޖް / ތޭރަ އޮންލައިން

އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ އިހުތިޖާޖްކޮށްފި

Aishath Naja
އައިޝަތު ނަޖާ
Jun 2, 2024, 08:30 PM
މާލެ ސިޓީ

އިޒްރޭލް ޕާސްޕޯޓްގައި ފަތުރުވެރިން ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ އިހްތިޖާޖްކޮށްފިއެވެ.

Advertisement

މި އިހްތިޖާޖް ކުރިޔަށް ގެންގޮސްފައިވަނީ ހެނދުނު 11:00 ގައި ރައީސް އޮފީސް އަދި ވެލާނާގެ ސަރަހައްދުގައެވެ.

ފުލުހުން ވަނީ އިހްތިޖާޖް ކުރިޔަށް ގެންދިޔަ ސަރަހައްދުގައި ބެރިކޭޑް ޖެހުމަށްފަހު އެ ސަރަހައްދު ބަންދުކޮށްފައެވެ.

އިހުތިޖާޖްގެ ބައިވެރިން ވަނީ އިޒްރޭލްގެ ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލާ އިޒްރޭލަށް ތާއިދު ކުރާ ކުންފުނިތަކުގެ އުފެއްދުންތައް ވިއްކުން ވެސް މަނާކުރަން ގޮވާލާ އަޑުއުފުލާފައެވެ.

ރައީސް އޮފީހުގައި އެވަގުތު ވަނީ ކެބިނެޓް ބައްދަލުވުން ވެސް ކުރިޔަށް ގެންގޮސްފައެވެ.

އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރާ ސަބަބު ސަރުކާރަށް ހާމަނުކޮށްދެވޭކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް ސަރުކާރުން ބިރުން އުޅެނީ އެމެރިކާއިން އިންޒާރު ދިނުމާއި ގުޅިގެންނެވެ.

އިޒްރޭލް ޕާސްޕޯޓް ބްލޮކް ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށް އެކަން ކޮށްދިނުމަށް ރައީސް މުއިއްޒަށް އެންގުމުން، އެމެރިކާއިން ރައީސް މުއިއްޒަށް އިޒްރޭލާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އެންގިއެވެ.

ރައީސް މުއިއްޒު ސަރުކާރު އައުމަށް ފަހު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލަށް ގަތުލުއާންމު ނުވަތަ އެއީ ޖެނަސައިޑެއް ކަމަށް ބުނުން ވަނީ ހުއްޓާލާފައެވެ. ކުރީ ސަރުކާރުން، އިޒްރޭލުން ހިންގާ ގަތުލުއާންމު އެއީ ޖެނަސައިޑް ނުވަތަ ގަތުލު އާންމެއް ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މި ސަރުކާރުން ދަނީ އިޒްރޭލާއި މެދު އެފަދައިން މުހާތަބު ނުކުރަން އެމެރިކާގެ ނިވްޔޯކުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަންގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved