March 11, 2026
Advertisement
-
- / އޭޕީ

މަރުވެފައިވާ ކަމަށް ކަނޑައެޅި މީހެއް ދެ ގަޑިއިރު ފަހުން މަރުނުވާކަން އެނގިއްޖެ

Azzama
އައްޒާމާ
Jun 5, 2024, 12:25 AM

އެމެރިކާގެ ނެބްރާސްކާގެ ނާސިން ހޯމެއްގައި ހުރި ދޮށީ އުމުރުގެ އަންހެނެއް މަރުވެފައިވާ ކަމަށް ނިންމައި ކަށުކަމާކެމީގެ ކަންތައް ކުރާ ގެއަށް އޭނާގެ ހަށިގަނޑު ގެންދިޔަ ފަހުން އޭނާ ދިރިހުރި ކަން އެނގިއްޖެއެވެ.

Advertisement

އުމުރުން 74 އަހަރުގެ އަންހެން މީހާ ނޭވާލާކަން ކަށުކަމާކެމީ ކުރާ ގޭގެ މުވައްޒަފުންނަށް ހޯމަ ދުވަހު ފާހަގަވެ، ކުއްލި ކޯލެއް އިދާރާތަކަށް ކުރުމުން އޭނާއަށް ސީޕީއާރު ހެދިއެވެ.

ކޮންސްޓަންސް ގްލާންޓްޒް މަރުވެފައިވާ ކަމަށް އޭގެ ގާތްގަނޑަކަށް ދެ ގަޑިއިރު ކުރިން ނާސިން ހޯމްގެ މުވައްޒަފުން ވަނީ ކަނޑައަޅާފައެވެ.

އޭނާ ވަނީ ފަރުވާދިނުމަށް ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ނަމަވެސް ބުނަނީ ނާސިން ހޯމުން ޖިނާއީ ނިޔަތެއް އޮތް ކަމުގެ ހެކި ފެނިފައި ނުވާ ކަމަށެވެ.

މިއީ ވަރަށް އާދަޔާ ހިލާފު މައްސަލައެއް،" ލައިވްސްޓްރީމް އިން ބްރޯޑްކާސްޓް ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަންކަސްޓާ ކައުންޓީ ޝެރިފް އޮފީހުގެ ޗީފް ޑެޕިއުޓީ ބެން ހައުޗިން ވިދާޅުވިއެވެ.

"މިކަން ކުރަމުން އަންނަތާ 31 އަހަރު ވެއްޖެ، އަދި މީގެ ކުރިން މިކަހަލަ ކަމެއް މިހާ ހިސާބަށް ގޮސްފައެއް ނުވޭ."

އެ އަންހެން މީހާގެ މިހާރުގެ ހާލު ނޭނގެއެވެ. ހައުޗިން ވަނީ އޭނާގެ އާއިލާއަށް އެކަން އަންގާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved