March 11, 2026
Advertisement
އެމެރިކާގެ އެމްބަސީ ބޭރުގައި ސިފައިން ފޯރިމަރަނީ
އެމެރިކާގެ އެމްބަސީ ބޭރުގައި ސިފައިން ފޯރިމަރަނީ / ރޮއިޓަރސް

ލުބްނާނުގެ އެމެރިކާ އެމްބަސީއަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

Azzama
އައްޒާމާ
Jun 5, 2024, 09:34 PM

ބުދަ ދުވަހުގެ ހެނދުނު ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ހުންނަ އެމެރިކާ އެމްބަސީގެ ބޭރުގައި ބަޑިޖެހި މީހަކަށް ލުބުނާނުގެ ސިފައިން ރައްދުގައި ބަޑިޖަހައި އެމީހާ އަތުލައިގަނެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފިއެވެ.

Advertisement

މި ހަމަލާ ދީފައި މިވަނީ ހިޒްބުالله ގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިންނާ ދެމެދު އެތައް މަހެއްވަންދެން ހަނގުރާމަ ހިނގަމުންދާ ދުވަސްވަރެއްގައެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިން ބަޑިޖަހާފައިވަނީ ހަމަލާދިން މީހާއަށް ކަމަށެވެ. އަދި އޭނާ ސިފަކޮށްފައިވަނީ ސީރިއާގެ ރައްޔިތެއްގެ ގޮތުގައެވެ. އެމީހާ ޒަޚަމްވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

ބަޑިޖެހި މީހާގެ މޯޓިވް އަދި ސާފެއް ނުވެއެވެ. ނަމަވެސް ލުބުނާނުގެ މީޑިއާތަކުން ވަނީ އޭނާ އަރަބި ބަހުން ލިޔެފައިވާ “އިސްލާމިކް ސްޓޭޓް” އާއި އިނގިރޭސިން “އައި” އަދި “އެސް” ޖަހާފައިވާ ކަޅު ވެސްޓެއް ލައިގެން ހުރި ފޮޓޯތަކެއް އާންމުކޮށްފައެވެ.

އެމެރިކާ އެމްބަސީން ބުނީ އެމްބަސީގެ އެންޓްރެންސް އިން ދިން ހަމަލާގެ ސަބަބުން މުވައްޒަފުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި، ލުބުނާނުގެ ސިފައިންނާއި އެމްބަސީގެ ސަލާމަތީ ޔުނިޓްތައް ވަރަށް އަވަހަށް ޖަމާވެފައިވާކަމަށެވެ.

ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޑިފެންސް މިނިސްޓަރާއި އަސްކަރިއްޔާގެ ކޮމާންޑަރާ އެކު ބޭއްވެވި ބައްދަލުވުންތަކަށް ފަހު ހާލަތު މިހާރު ސްޓޭބަލް ކަމަށާއި ސީރިއަސް ތަހުގީގެއް ކުރިއަށްދާ ކަމަށް އަންގާފައިވާ ކަމަށެވެ.

ލުބުނާނުގެ އަސްކަރިއްޔާއިން ބުނީ އެމްބަސީ އާއި ވަށައިގެންވާ ސަރަހައްދުތަކުގެ ވަށައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved