March 11, 2026
Advertisement
.
. / އޭޕީ

ސްލޮވީނިއާ އިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

Azzama
އައްޒާމާ
Jun 6, 2024, 12:32 AM

ސްލޮވޭނިއާ އިން ފަލަސްތީނުގެ ދައުލަތެއް އަންގާރަ ދުވަހު ބަލައިގަތީ ޔޫރަޕްގެ އިތުރު ތިން ގައުމަކުން ދާދި ފަހުން އެޅި ފިޔަވަޅަށް ފަހު އެގައުމުގެ ޕާލަމެންޓުން އެކަމަށް ތާއީދު ކުރުމަށްއަޣުލަބިއްޔަތު ބޮޑު ވޯޓު ދިނުމުންނެވެ.

Advertisement

ސްލޮވޭނިއާގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ހުށަހެޅި ހުށަހެޅުމެއް ތަސްދީގުކޮށް، އެ ހުށަހެޅުމަށް ފަހުގެ ރުހުން ހޯދުމަށް ޕާލަމެންޓަށް ފޮނުވައި، އެ ނިންމުން ފާސްކޮށްފައެވެ.

އަންގާރަ ދުވަހު މެމްބަރުން ވޯޓު ދެއްވީ 90 ގޮނޑި ހިމެނޭ ރައްޔިތުންގެ މަޖިލީހުގައި ބަލައިގަތުމަށް 52 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބާކީ ތިއްބެވި މެމްބަރުން ވޯޓަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

"ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން، މިއަދު ސްލޮވޭނިއާގެ އެންމެ ފަހުގެ ނިންމުމަކީ އުއްމީދާއި ސުލްހައިގެ މެސެޖެއް،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ސްލޮވޭނިއާގެ ފޮރިން މިނިސްޓަރު ޓަންޖާ ފަޖޮން ވިދާޅުވިއެވެ. "ސްލޮވޭނިއާ އިން ވަރުބަލިކަމެއް ނެތި ފަލަސްތީނާއި އިސްރާއީލުގެ ސަލާމަތަށް މަސައްކަތް ކުރަމުން ގެންދާނެ."

ސްލޮވޭނިއާގެ މި ނިންމުން އައީ ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތްތާ ދުވަސްތަކެއް ފަހުންނެވެ.

މީގެ ކުރިން ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތީ 27 ގައުމު ހިމެނޭ ޔޫރަޕިއަން ޔޫނިއަންގެ އެންމެ ހަތް މެމްބަރެކެވެ. އޭގެ ތެރެއިން ފަސް ގައުމަކީ އީޔޫއާ ގުޅުމުގެ ކުރިން ސައިޕްރަސް ފަދައިން 1988 ވަނަ އަހަރު ވެސް ބަލައިގަތްކަން އިއުލާނުކުރި އިރުމަތީ ބްލޮކްގެ ކުރީގެ ގައުމުތަކެވެ. ސްވިޑަން އިން ބަލައިގަތީ 2014 ވަނަ އަހަރުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved