April 24, 2026
Advertisement
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް / ތޭރަ އޮންލައިން

ސަރުކާރުގެ 6 މަސް މި ދުއްވާލީ ބައްދަލުވުންތަކަށް: މަލީހް

Aishath Naja
އައިޝަތު ނަޖާ
Jun 7, 2024, 07:13 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް 6 މަސްވެގެންދިޔައިރު ބޮޑަށް ދުއްވާލާފައިވަނީ ގައުމު ތަރައްގީ ކުރުމުގެ ބަދަލުގައި ބައްދަލުވުންތަކަށް ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓަގައި ވާގޮތުން މި ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ވަީ އަބަދުވެސް ކޮންމެވެސް ފަރާތަކާ ބައްދަލުކުރައްވާފައެވެ.

ވެރިކަމަށް ހަ މަސްވެގެންދިޔަ އިރު ނެރެވުނު ނަތީޖާއެއް ނެތްކަމަށް ވިދާޅުވެ މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

މަލީހްގެ ޕޯސްޓްގައި މި ސަރުކާރުން މެގަ ޕްރޮޖެކްޓްތައް ހިންގާ މަންޒަރު ނުފެންނަކަމަށް ފާހަގަކޮށްފައިވާއިރު މި އަހަރުގެ ފުރަތަމަ 5 މަސް ދުވަހު މި ސަރުކާރުން ތަރައްގީއަށް ކުރި ހޭދަވަނީ ދަށަށްވެއްޓިފައެވެ.

އަދި އޭގެ ބަދަލުގައި މުސާރަ ދިނުމަށް 600 މިލިއަން ވަނީ އިތުރުވެފައެވެ.

ސަރުކާރުގެ ފުރަތަމަ 6 މަސް ނިމިގެންދިޔަ އިރުވެސް ކަމެއް ކުރެވިފައި ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved