March 12, 2026
Advertisement
ޓްރާން
ޓްރާން / އޭޕީ

މަގުމަތީގައި ހިނގި ޒުވާބެއްގައި މީހެއް ގަޔަށް ބަޑިޖެހި ފުލުހަކަށް މަރާލަން އުޅުމުގެ ދައުވާކޮށްފި

Azzama
އައްޒާމާ
Jun 9, 2024, 07:22 PM

އެމެރިކާގެ ނިއު ޖާޒީގެ މަގުމަތީގައި ހިނގި ޒުވާބެއްގައި ޑްރައިވަރެއް ގަޔަށް ބަޑިޖެހުމަށްފަހު ފިލައިގެން ދިޔަ ނިއުޔޯކް ސިޓީގެ ފުލުހެއް ހައްޔަރުކޮށް އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާކޮށްފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ މޭ މަހުގެ 17 ވަނަ ދުވަހެވެ . އެ ފުލުސް މީހާއަކީ ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުގެ ޕްރެސް އޮފީހުގެ ސޯޝަލް މީޑިއާ ޔުނިޓުގައި މަސައްކަތް ކުރާ އޮފިސަރު ހިއު ޓްރާން ނަމަކަށް ކިޔާ މީހެކެވެ.

ކެމްޑަން ކައުންޓީ ޕްރޮސެކިއުޓާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޫޓް 73 ގައި އެކްސިޑެންޓެއް ހިނގި ސަރަހައްދަށް ފުލުހުން ގޮސް ބެލި އިރު އެކްސިޑެންޓްވި ކާރުގައި އިން މީހާ ގަޔަށް ކުރިން ބަޑި ޖަހާފައިވާ ކަމަށެވެ.

ޑިޓެކްޓިވުން ވަނީ ސަވައިލެންސް ވީޑިއޯ އާއި ސެލްފޯން ރެކޯޑް އަދި ބެލިސްޓިކްސް ހެކި ބޭނުންކޮށްގެން ޓްރާން އަކީ ބަޑިޖެހި މީހާ ކަން ދެނެގެންފައެވެ.

ބެލިސްޓިކްސް ހެކިތަކުން ދައްކާ ގޮތުގައި ޓްރާން ވަނީ އޭނާގެ އެންވައިޕީޑީން ދޫކުރި ބަޑިން ވިކްޓިމް ގަޔަށް ބަޑިޖަހާފައި ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

ޕްރޮސެކިއުޓާ އޮފީހުން މިހާދިސާ ހިނގަން މެދުވެރިވީ "ރޯޑް ރޭޖް ގެ ހާދިސާއެއްގެ ގޮތުގައި" ސިފަކުރި ނަމަވެސް، ބަޑި ޖަހަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެއެވެ.

ޓްރާން ބުރާސްފަތި ދުވަހު އެންވައިޕީޑީގެ މައި އޮފީހުން ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ ހުކުރު ދުވަހު މެންހަޓަންގައި ބޭއްވި އެކްސްޓްރެޑިޝަން އަޑުއެހުމަކަށް ހާޒިރުކޮށްފައެވެ.

އެންވައިޕީޑީން ބުނީ ޓްރާން ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved