March 12, 2026
Advertisement
މޯދީ ހުވާ ކުރުމުގެ ތެރެއިން
މޯދީ ހުވާ ކުރުމުގެ ތެރެއިން / ރޮއިޓަރސް

ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރައްވައިފި

Azzama
އައްޒާމާ
Jun 10, 2024, 04:26 AM

ދިއްލީގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރަކަށް ނަރެންދުރަ މޯދީ ހުވާ ކުރައްވައިފިއެވެ.

Advertisement

ބާރަތިޔާ ޖަނަތާ ޕާޓީގެ ލީޑަރު ހުވާ ކުރައްވައި ވިދާޅުވީ "ލޯތްބާއި ނުބައި ނިޔަތެއް ނެތި ހުރިހާ ބާވަތެއްގެ މީހުންނަށް ރަނގަޅަށް ކަންތައް ކުރާނެ" ކަމަށެވެ.

މޯދީގެ ބީޖޭޕީ އިސްވެ އޮންނަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އިން އާންމު އިންތިޚާބު ކާމިޔާބު ކުރީ 293 ގޮނޑިއާއެކުގައެވެ. މިއީ އެގްޒިޓް ޕޯލްތަކުން ލަފާކުރި ވަރަށް ވުރެ މާ ދަށް އަދަދެކެވެ.

މި އިންތިހާބުގައި އިންޑިއާގެ އިދިކޮޅު ފަރާތްތަކަށް އަލުން ބާރުލިބި، ވަނީ 234 ގޮނޑި ކާމިޔާބުކޮށްފައެވެ.

ދިއްލީގެ ރިޔާސީ ގަނޑުވަރުގައި މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެތައް ހާސް މެހެމާނުންނެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަވަށްޓެރި ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، އަދި ދިވެހިރާއްޖޭގެ ވެރިން ހިމެނެއެވެ. ނަމަވެސް ޕާކިސްތާނާއި ޗައިނާގެ ވެރިން ނުހިމެނެއެވެ.

ނޯ ފްލައި ޒޯނެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ދިއްލީގައި ވަރުގަދަ ސެކިއުރިޓީއެއް ގާއިމްކޮށްފައިވާއިރު، އެތަނުގެ ވަށައިގެން 2،500 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved