March 12, 2026
Advertisement
ބެނީ ގަންޓްޒް
ބެނީ ގަންޓްޒް / އޭޕީ

އިސްރާއީލު ސަރުކާރުގެ މުހިންމު މިނިސްޓަރެއް އިސްތިއުފާ ދީފި

Azzama
އައްޒާމާ
Jun 10, 2024, 04:36 PM

އިސްރާއީލުގެ ހަނގުރާމަވެރި ކެބިނެޓްގެ މުހިއްމު މެންބަރެއް އަދި އިސްރާއީލުގެ ސިޔާސީ ފަރާތެއް ކަމަށްވާ ބެނީ ގަންޓްޒް ވަނީ ޣައްޒާ ހަނގުރާމަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބަލަހައްޓާ ގޮތާ ގުޅިގެން އާދީއްތަ ދުވަހު ސަރުކާރުން ވަކިވެފައެވެ.

Advertisement

އިސްތިއުފާގެ ސަބަބުން ނަތަންޔާހޫއަށް ހަނގުރާމަ ފެށުނީއްސުރެ އުފެއްދުނު އެއްބައިވަންތަކަމުގެ ސިފައަށް ބުރޫއަރައި، ހަނގުރާމައިގެ މުސްތަގުބަލާއި، އިސްރާއީލުގެ ލީޑަރޝިޕްގެ އެންމެ އިސް ސަފުގައި އުފެދިފައިވާ ބައިބައިވުންތައް ހާމަވެގެން ދިޔައެވެ.

ހަނގުރާމަ ނިމޭނެ ގޮތާއި އޭގެ ފަހުން ވާނެ ކަންކަމާ މެދު ނަތަންޔާހޫ ކަންބޮޑުވުން ފާޅު ނުކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމުގެ އިންޒާރު މިދިޔަ މަހު ދިން ސެންޓްރިސްޓް ސިޔާސީ ފިކުރުގެ ފަރާތެއް ކަމަށްވާ ގަންޓްޒް ބުނީ އޭނާގެ ޕާޓީން ސަރުކާރު ދޫކޮށްލަނީ "ބަރު އެކަމަކު ފުރިހަމަ ހިތަކުން" ކަމަށެވެ.  އޭނާ ބުނީ ނަތަންޔާހޫގެ ލީޑަޝިޕުން "އަޅުގަނޑުމެންނަށް ހަގީގީ ކާމިޔާބީއަށް ކުރިއަށް ދިއުމަށް ހުރަސް އަޅާ" ކަމަށެވެ.

މި ފިޔަވަޅާއެކު ނަތަންޔާހޫ މަގާމުން ދުރުކުރަން މަޖުބޫރުވާނެ ކަމަކަށް ނުބެލެވެ އެވެ. ބޮޑުވަޒީރުގެ ސަރުކާރަށް އަދިވެސް އިސްރާއީލުގެ ޕާލަމެންޓްގެ ހަނި އަޣުލަބިއްޔަތެއް އޮންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved