March 12, 2026
Advertisement
.
. / އޭޕީ

އެމެރިކާއިން ރަޝިޔާއާ ވިޔަފާރި ކުރާ އެކި ގައުމުތަކުގެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

Azzama
އައްޒާމާ
Jun 13, 2024, 03:05 AM

އެމެރިކާއިން ބުދަ ދުވަހު ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރީ ޖީ7 ގެ ލީޑަރުން އިޓަލީއަށް އެއްވެ ސަމިޓެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

Advertisement

ބުދަ ދުވަހުގެ ޕެކޭޖުގައި އަމާޒުކޮށްފައި ވަނީ ޔޫކްރޭންގައި ރަޝިޔާގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭ ޗައިނާގެ ކުންފުނިތަކަށެވެ.

ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން ވަނީ ރަޝިޔާގެ 4،000 އަށް ވުރެ ގިނަ ވިޔަފާރިތަކަށާއި ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ސަޕްލައި ޗޭންތައް އަލުން އެކުލަވާލަން މަސައްކަތް ކުރަމުންދާއިރު، މެދުނުކެނޑި އާ ކުންފުނިތައް އުފެދެއެވެ.

އަލަށް 300 އަށް ވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މައިގަނޑު މަގްސަދަކީ ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ތުރުކީ ފަދަ ގައުމުތަކުގެ ފަރުދުންނާއި ކުންފުނިތަކަށް މުހިންމު ޓެކްނޮލޮޖީ ހޯދުމުގައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް މޮސްކޯއަށް ހުރަސްކުރަން އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމެވެ. އަދި ކްރެމްލިން އިން ރަޝިއާގެ އިގްތިސާދު ހަނގުރާމައިގެ ހަރުފަތަކަށް ވައްޓާލާފައިވާ ކަމަށް އެމެރިކާ އިން ދެކޭ ކަން ފާހަގަކޮށް، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ އެއްވެސް ފަރާތަކާ އެކު ވިޔަފާރިކޮށްފިނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކަށް ދީފައިވެއެވެ.

ރަޝިއާގެ އަސްކަރިއްޔާ އިން ތިބީ ބޭރު ދުނިޔޭގެ ޓެކްނޮލޮޖީ ތަކަށް އެކްސެސްވުމަށް ކެތްމަދުވެފައި ކަމަށް ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved