މަރާލާފައިވާ އިސްރާއީލުގެ ސިފައިން / އޭޕީ
ދުނިޔެ
ހަމާސްއިން ދިން ވަރުގަދަ ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ 8 މީހަކު މަރާލައިފި
Azzama
އައްޒާމާ
16 ޖޫން 2024

ހޮނިހިރު ދުވަހު ޣައްޒާގެ ދެކުނުގައި ހަމާސްގެ އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑުން ދިން ކުއްލި ހަމަލާއެއްގައި ހައްދުފަހަނައެޅި އިސްރާއީލުގެ 8 ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ސިފައިން ތިބީ އާމަރޑް ވެހިކަލެއްގައި ކަމަށާއި އެ އުޅަނދަށް އަމާޒުވި ހަމަލާގައި ބޮޑު ގޮވުމެއް ގޮވި ކަމަށާއި އެ އުޅަނދުގެ ތަހުގީގަށް ބަލާއިރު ގޮވާ "އިންޖިނިއަރިން މެޓީރިއަލް" ގޮއްވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

މިހާދިސާ ހިނގާފައިވަނީ ފާއިތުވި ހަފްތާތަކުގައި އިސްރާއީލުގެ ސިފައިންގެ މުހިއްމު އަމާޒަކަށް ވެފައިވާ ރަފާހުގެ ތަލް އަލް ސުލްތާންގައި ހިންގި އޮޕަރޭޝަނެއްގައެވެ.

ހަމާސްގެ ހަތިޔާރު އެޅި ވިންގުން ބުނެފައި ވަނީ ފާރައައް ތިބުމަށްފަހު އާމަރޑް ވެހިކަލާ ދިމާލަށް ރޮކެޓެއް ޖަހާފައިވާ ކަމަށެވެ.

ރަފާހުގެ ތަލް އަލް ސުލްތާން އަވަށް ރޭގަނޑުގެ އޮޕަރޭޝަނަކަށް ފަހު އެނބުރި އަންނަނިކޮށް ޣައްޒާގެ ގަޑިން 05:15 ހާއިރު އެމީހުންގެ އާމަރޑް ވެހިކަލް ގޮއްވާލާފައިވާ ކަން އެނގިފައިވެއެވެ.

އެ އ8 ސިފައިންގެ ތެރެއިން ހަތް ސިފައިންގެ ނަން މިހާތަނަށް ހާމަކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން އާދީއްތަ ދުވަހުގެ ހެނދުނު ރިޕޯޓްކޮށްފައިވެ އެވެ.

މި ހަމަލާއާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved