March 11, 2026
Advertisement
.
. / ބީބީސީ

ގްރީސްގެ ކޯސްޓް ގާޑުން ހިޖުރަވެރިން މޫދަށް އުކި ކަމަށް ބީބީސީގެ ތަހުގީގުން ހާމަވެއްޖެ

Azzama
އައްޒާމާ
Jun 17, 2024, 11:12 PM

ގްރީސްގެ ކޯސްޓްގާޑުގެ އަމަލުތަކުން ތިން އަހަރުގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑުގައި އެތަކެއް ޑަޒަން ހިޖުރަވެރިން މަރުވެފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނާއިރު އޭގެ ތެރޭގައި ގަސްތުގައި މޫދަށް އެއްލާލި ނުވަ މީހުން ހިމެނެއެވެ.

Advertisement

މި ނުވަ މީހުންނަކީ ގްރީސްގެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުން މަޖުބޫރުކޮށްގެން ނެރުމުގެ ސަބަބުން މަރުވި ކަމަށް ތުހުމަތު ކުރެވޭ 40 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށް ބީބީސީގެ ތަހުލީލުތަކުން ދައްކައެވެ.

ގްރީސްގެ ކޯސްޓްގާޑުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ބީބީސީން ރިޕޯޓް ކުރާ ގޮތުގައި ގްރީސްގެ ކޯސްޓްގާޑް ދޯންޏަކަށް 12 މީހަކު އަރުވައި، ދެން ޑިންގީއެއްގައި ދޫކޮށްލާފައި ދިޔަ ފޫޓޭޖެއް، ގްރީސްގެ ކުރީގެ ސީނިއާ ކޯސްޓްގާޑް އޮފިސަރަކަށް ދެއްކުމުން އެއީ "ސާފުކޮށް އެނގޭ ގޮތުގައި ގާނޫނާ ހިލާފު" އަދި "ބައިނަލްއަގްވާމީ ޖަރީމާއެއް" ކަމަށް ބުނެފައިވާ ކަމަށެވެ.

ގްރީސް ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ މަޖުބޫރުކޮށްގެން ހިޖުރަވެރިން ތުރުކީއާ ދިމާލަށް އަނބުރާ ފޮނުވާލުމުގެ ތުހުމަތު އަމާޒުވެފައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާ ކަމެކެވެ.

ބީބީސީން ތަހުގީގު ކުރި ފަސް ހާދިސާއެއްގައި ހިޖުރަވެރިން ބުނެފައި ވަނީ އެމީހުން ސީދާ މޫދަށް އެއްލާލީ ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ކަމަށެވެ.  އެއިން ހަތަރު މައްސަލައެއްގައި އެމީހުން ގްރީސްގެ ޖަޒީރާތަކަށް ފޭބި ނަމަވެސް އެގައުމުގެ ފުލުހުން އެމީހުން 'ޝިކާރަ' ކުރި ގޮތް ކިޔައިދިނެވެ.  އެހެން ބައެއް ހާދިސާތަކުގައި ހިޖުރަވެރިން ބުނީ މޯޓަރު ނުހިމެނޭ އިންފްލެޓެބަލް ރާފްޓްތަކަށް ލާފައިވާ ކަމަށާއި އެ ރާފްޓްތައް އޭގެ ފަހުން ވައިގޮސްފައިވާ ވެފައިވާ ކަމަށާއި ބައެއް ރާފްޓް ތަކުގައި ލޯވަޅު ހުރި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved