March 11, 2026
Advertisement
.
. / ގެޓީ އިމޭޖަސް

ސޮފްޓްވެއަރ ކުންފުނި އެޑޯބީއާ ދެކޮޅަށް އެމެރިކާ ސަރުކާރުން ދައުވާކޮށްފި

Azzama
އައްޒާމާ
Jun 18, 2024, 03:13 PM

އެމެރިކާ ސަރުކާރުން ވަނީ ސޮފްޓްވެއާ ޖަޔަންޓް އެޑޯބީގެ މައްޗަށް ދައުވާކޮށް، ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާ ހިލާފުވެ، "ފޮރުވިފައިވާ" ޓާމިނޭޝަން ފީތަކާއި ކެންސަލް ކުރުމުގެ ޕްރޮސެސްއެއް އެޑޯބީން ގެންގުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.

Advertisement

ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ބުނީ އެ ކުންފުނީގެ ޝަރުތުތައް ސާފުކޮށް ކަސްޓަމަރުންނަށް ހާމަކޮށްފައި ނުވާ ކަމަށާއި އޭގެ ތެރޭގައި ސަބްސްކްރިޕްޝަނެއްގެ އަހަރެއްހާ ދުވަހުގެ މުއްދަތާއި އަވަހަށް ކެންސަލް ކުރުމުން ނަގާނެ ޗާޖުތައް ހިމެނޭ ކަމަށެވެ.

އެ އިދާރާއިން ކުރި ޝަކުވާގައި ބުނެފައި ވަނީ އެޑޯބީގެ ސުލޫކު ބަދަލުކުރަން ދެކޮޅު ހަދާފައި ވަނީ އެކަމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ގެއްލުންވާނެތީ ކަމަށެވެ.

އެޑޯބީއިން ވަނީ އެ ވާހަކަތަކާ ދެކޮޅު ހަދައި ދައުވާއާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށް ބުނެފައެވެ.

"އަޅުގަނޑުމެންގެ ސަބްސްކްރިޕްޝަން އެގްރީމަންޓްތަކުގެ ޝަރުތުތަކާއި ގަވާއިދުތަކާ މެދު ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރާއިރު ކެންސަލް ކުރުމުގެ ޕްރޮސެސް ވެސް ފަސޭހަވާނެ" ޖެނެރަލް ކައުންސެލް އަދި ޗީފް ޓްރަސްޓް އޮފިސަރު ޑާނާ ރާއޯ ވިދާޅުވިއެވެ.

"އެފްޓީސީގެ ވާހަކަތައް ކޯޓުގައި ދޮގުކުރާނަން،" އޭނާ ވިދާޅުވިއެވެ.

1982 ވަނަ އަހަރު އުފެދުނު އެޑޯބީ މަޝްހޫރުވެފައިވަނީ ފޮޓޯތަކާއި ޕީޑީއެފް އެޑިޓް ކުރުމަށް ބޭނުންކުރާ ސޮފްޓްވެއާތަކާއި ވީޑިއޯ އެޑިޓް ކުރާ ސޮފްޓްވެއަރތައް އުފެެއްދުމަށެވެ.

އެ ކުންފުނިން 2012 ވަނަ އަހަރުގެ ތެރޭގައި ސަބްސްކްރިޕްޝަން ބޭސްޑް ސޭލްސް މޮޑެލްއެއް ތައާރަފްކޮށް، ކަސްޓަމަރުންނަށް މަހުފީ ނުވަތަ އަހަރީ ފީއެއް ދެއްކުމަށް އަންގާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved